ރާޖް ކުންދުރާ މިހާރު އުޅެނީ މުޅި މޫނު ފޮރުވޭ ވަރުގެ މާސްކު އަޅައިގެން

ރާޖް ކުންދުރާ މިހާރު އުޅެނީ މުޅި މޫނު ފޮރުވޭ ވަރުގެ މާސްކު އަޅައިގެން

Author
ފާތިމަތު ނާވީ
13 އޮގަސްޓް 2022 07:06
0

ބަރަހަނާ ވީޑީއޯ ހަދައި އޭގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތުގައި މިދިއަ އަހަރުގެ ޖުލައި މަހު، މަޝްހޫރު ވިޔަފާރި ވެރިޔާ އަދި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެއްޓީގެ ފިރިމީހާ، ރާޖް ކުންދުރާ ޖަލަށްލުމަށްފަހު ދޫކޮށްލި ފަހުން އާންމުންގެ ތެރެއަށް ނުނުކުމެ އެތައް ދުވަހަކު ހުއްޓެވެ.

ނަމަވެސް މިހާރު ރާޖް އަންނަނީ އާންމުންގެ ކުރިމައްޗަށް ނުކުންނަމުންނެވެ. އަދި ޗުއްޓީ ތަކަށް ދިއުމާއި ބައެއް އިވެންޓް ތަކާއި އަދި ޕާޓީ ތަކުގައިވެސް އަންނަނީ ބައިވެރި ވަމުންނެވެ.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

ނަމަވެސް އޭނާ އެތައް ދުވަހު ގޭގައި ހުރުމަށްފަހު ބޭރަށް ނުކުމެފައި ވަނީ ވަރަށް ތަފާތު ގޮތަކަށެވެ. އެންމެ ފުރަތަމަ ވެސް އޭނާ ނުކުމެފައި ވަނީ މޫނު އެއްކޮށް ނިވާ ކޮށްގެންނެވެ. އެއާ އެކުގައި މީހުންގެ ސަމާލުކަން އޭނާއަށް ވަރަށް ބޮޑަށް ލިބިގެން ގޮސްފައިވެއެވެ.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

ބައެއް މީހުންވަނީ، ލަދުން އޭނާ އަށް މީހުންގެ ތެރެއަށް ނިކުންނަށް ނުކެރެނީ ކަމަށް ބުނެ މަލާމާތް ކޮށްފައެވެ. އަނެއް ބަޔަކު ބުނެފައިވަނީ އޭނާ އުޅެނީ މަޝްހޫރު ރެޕާ ކާންޔޭ ވެސްޓް އާއި ވާދަކުރުމަށް ކަމަށެވެ.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

ތަފާތު އެކި ގޮތްގޮތަށް ހުރި މާސްކު ތަކުގައި ރާޖް ފެންނަ އިރު އޭނާގެ މާސްކު ކަލެއްކްޝަނަށް އަންނަނީ ވަރަށް ބޮޑަށް ބަދަލުވެސް އަންނަމުންނެވެ. އެންމެ ފުރަތަމަ ފެނުން ގޮތާއި މިހާރު ފެންނަ ގޮތް ވަރަށް ްބޮޑަށް ތަފާތެވެ.
އެންމެ ފަހުން ރާޖް ފެނިގެން ގޮސްފައިވަނީ އެލްއީޑީ މާސްކެއްގައެވެ. އޭނާ އާއި ޝިލްޕާ އެކުގައި ފެނިގެން ގޮސްފައިވަނީ ޕާޓީ އަކުންނެވެ.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)


ރާޖް މިހާރު ވަނީ އޭނާއަށް ކުރި ތުހުމަތު ތަކުން ސަލާމަތް ވެފައެވެ. ނަމަވެސް އެނާގެ މާސްކުތައް ދުވަހެއް ދުވަހަކަށް އަންނަނީ ތަފާތުވަމުންނެވެ. އަދި ޓެކްނިލޮޖީ ވެސް އަންނަނީ އޭގެ ތެރެއަށް ވަންނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.