ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔަކަށް، ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓްގެ މަގާމަށް މުހައްމަދު ހިސާން އަލީ (ހިސްކޮ) ހަމަޖައްސަވައިފިއެވެ.
މީގެ ކުރިން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގަމުން އައީ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓް އިބްރާހިމް ހޫދުގެ ބެއްލެވުމުގެ ދަށުންނެވެ.
ރައީސް އޮފީހުގެ މީޑިއާ ގުރޫޕަށް ހޫދު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މިއަދުން ފެށިގެން ކޮމިއުނިކޭޝަންސް އޮފީސް ހިންގުން ހިސާންއާ ހަވާލު ކުރައްވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އޭނާ ހާއްސަ ވާނީ ރައީސް އޮފީހުގެ ފޮރިން ރިލޭޝަން އޮފީހުގެ މަސައްކަތްތަކުގައި ކަމަށް ވިދާޅުވިއެވެ.
ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓުގެ މަގާމަށް ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ހޫދު އައްޔަންކުރެއްވީ 2018 ގައެވެ. އޭނާ ވަނީ ރައީސް އޮފީހުގެ ތަރުޖަމާނު ކަން ވެސް ކުރައްވައިފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނެއްގެ ގޮތުގައި މިވަގުތު ހުންނެވީ މުހައްމަދު މަބްރޫކް އަޒީޒެވެ.
ކޮމެންޓު ފޮނުވާ