ރައީސް ޔާމީން ވެރިކަމާއި ހަވާލުވެ، ފުލުހުންގެ ޚިދުމަތަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ: ޝުޖާ

ރައީސް ޔާމީން ވެރިކަމާއި ހަވާލުވެ، ފުލުހުންގެ ޚިދުމަތަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ: ޝުޖާ

ގުޅުންހުރި

ރައީސް ޔާމީން ވެރިކަމާއި ހަވާލުވެ، ފުލުހުންގެ ޚިދުމަތަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމުގައި އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ޝުޖާ މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރާ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، އިދިކޮޅުގެ އެކި ބޭފުޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މައްސަލާގައި ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ. ޝުޖާ ވިދާޅުވީ ފުލުހުން މިއަދު އިންސާފާއި އަދުލުން ބޭރުވެ ބޮޑެތި ގޯސްތައް ހައްދަވަމުންދާކަމަށެވެ. މިކަންކަން އިސްލާހު ކުރުމަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ގެނައުމަކީ ރައީސް ޔާމީންގެ ޒަޤާމަތެއްގައި ކުރައްވާނެ ކަމެއްކަމަށް ޝުޖާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަމައި ހަވާލުވެ ވަޑައިގެންނެވުމަށްފަހު، ފުލުހުންގެ މުވައްސަސާއަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ގެނެސް، މިހާރު ފުލުހުންގެ މުއައްސަސާތެރޭގައި އިން ނާއިންސާފާއި، އަދުލުހުން ބޭރު އެންމެހައި ކަންކަން ނިމުމަކަށް ގެންނާނެކަމަށެވެ.

މާތް ރަސްކަލާންގެ ވާގިފުޅާއެކު ރައީސް ރައީސް ޔާމީން، 2023 އިން 2028 އަށް ކުރައްވާ ވެރިކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަވާނެ. މިއަދު މިފެންނަނީ ދިވެހި ފުލުހުން ލައްވައި ރައްޔިތުންނާ ދޭތެރޭ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާ މަންޒަރު.

– ޝުޖާ ވިދާޅިޅުވިއެވެ.

ޝުޖާގެ ވާހަކަތަކަށް ކުރީގެ ސީޕީ އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޒު ވަނީ ފާޑުވިދާޅުވެފައެވެ. ރިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ ނިމިދިޔަ ވެރިކަމުގައިވެސް އަމަލުކޮށްފައިވަނީ އިންސާފުން ބޭރުން ޚުދުމުމުހުތާރު ގޮތަކަށް ކަމުގައެވެ.

ރިޔާޒުގެ ވާހަތަކަށް ރައްދު ދެއްވައި، ޝުޖާ ވިދާޅުވީ، މުޅި ފުލުހުންގެ މުއައްސަސާ ޚަރާބުކޮށް، އުސްފަސްގަނޑުގައި އެމްޑީޕީން ޓެންޓު ޖަހައިގެން ޤާނޫނައި ޚިލާފް އެތައ ކަމެއް ކުރަމުންދިޔައިރުވެސް ފުލުހުންގެ ޚިދުމުތުގައި ސީޕީގެ މަޤާމުގައި ހުންނެވި ބޭފުޅަކަށް ރަނގަޅާއި ހެވާއި ނޭގޭނެކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ހަރާބުކޮށް، ކޮންމެ މީހަކު އެމީހަކު ބޭނުން ގޮތަކަށް އުޅުނަސް އޯކޭކަމަށް ހަދައި، އުސްފަސްގަނޑުގައި އެމް.ޑީ.ޕީ ޓެންޓް ޖަހައި، އެތަނުގައި ބޭއަދަބީ އަމަލުތައް ހިންގުމަށް ޖާގަދީ، އެތަނުގައި ރާބޮއި ހެދުމަށް ޖާގަ ދެއްވީ ތިބޭފުޅާގެ ސީ.ޕީ ކަމުގަ. ރައީސް ޔާމިނެއްނޫން.

– ޝުޖާ ވިދާޅުވިއެވެ.

ރާއްޖޭގައި ހިނގަމުންދާ ބޮޑެތި މައްސަލަތައް އިތުރުވެ، ފުލުހުންގެ ޒިންމާ އެންމެ ރަނގަޅަށް އަދާނުކުރެވޭތީ ގިނަބައެއްގެ ފާޑުކިޔުންވަނީ ފުލުހުންގެ މުވައްސަސާއަށް އަމާޒުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ