ޔޫރަޕްގެ ގައުމަކުން ރާއްޖެ އެތެރެވި މީހެއްގެ ކިބައިން މަކުނުވިދުރި ކަމަށް ޝައްކުރެވޭ އަލާމާތްކަކެއް ފެންނާން ހުރުމުގެ ސަބަބަނުން އޭނާގެ ޓެސްޓުތައް ހެދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިއްޖެއެވެ.
މައުލުމާތު ލިބިފައިވާ ގޮތުގައި، ޔޫރަޕުން ރާއްޖެއަށް ދަތުރު ކޮށްފައި އައި މިމީހާގެ ގައިން ފޮޅުތަކެއް ފެންނާން ހުރުމުގެ ސަބަބުން އޭނާވަނީ އެންމެ ފުރަތަމަ ޓްރީޓޮޕް ހޮސްޕިޓަލަށް ދައްކާފައެވެ. އަދި އޭނާގެ ގައިން ފެންނާން ހުރި އަލާމަތްތަކުން އެއީ މަނުކުވިދުރިކަމަށް ޝައްކު ކުރެވޭތީ އޭނާ މިހާރު އެ ހޮސްޕިޓަލްގެ އެމަޖެންސީގައި އެކެހެރި ކޮށްފައިވާކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
މަނުކުވިދުރި ޖެހޭ މީހުންގެ ގައިން ފެންނަ ބިހިތަކަކީ ހިމަ ބިއްސައްވުރެ ބޮޑެތިކޮށް ފޮޅުތަކެއްގޮތައް ނަގާފައި ހުންނަ ބިހިތަކެކެވެ.
މަކުނު ވިދުރިކަމަށް ޝައްކު ކުރެވޭ މީހަކު ޓެސްޓު ކުރަމުންދާ ކަމަށް މައުލުމާތު ލިބިފައި ވިނަމަވެސް، މި ކަމާއި ގުޅިގެން އެޗްޕިއޭއިން އަދި އެއްވެސް މައުލުމާތެއް ހާމަ ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެޗްޕީއޭއިން މީގެކުރިން ހާމަ ވަނީ ރާއްޖެއިން މަނުކުވިދުރި ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމުގައި ބުނެފައެވެ.
މަކުނު ވިދުރިއަކީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރޭގައި މިހާރު ފެތުރެމުންދާ ބައްޔެކެވެ. އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔައިންވަނީ ދުނިޔޭގައި މިހަރު ފެތުރެމުންދާ މަކުނުވިދުރިއަކީ ހެލްތު އިމަޖެންސީއެއްކަމުގައި ކަނޑައަޅާފައެވެ.