ލިވާތު މީހުން އަރާމުގައި ގޭގައި ޗުއްޓީ ހޭދަކުރަން ތިބެވިގެން ނުވާނެ: ޢަލީ ޒައިދު

ލިވާތު މީހުން އަރާމުގައި ގޭގައި ޗުއްޓީ ހޭދަކުރަން ތިބެވިގެން ނުވާނެ: ޢަލީ ޒައިދު

Author
މުޙައްމަދު ޖިމީ
28 ޖުލައި 2022 09:33
0

އިސްލާމް ދީނުގައި އައިސްފައިވާ ގޮތައް އަދަބު ނުދެވޭނަމަ، މުޖުތަމަޢުގެ ކުދިބޮޑު އެންމެނަށްވެސް ޢޭގެ ގެއްލުން ފޯރާނެކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އެއްޖިންސުން ގުޅުންހިންގިކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށްފައި ނުވާތީ އެކަމަށް ފާޑުވިދާޅުވެ ޢަލީ ޒައިދު ވިދާޅުވީ، ލިވާތު މީހުން އަރާމުގައި ގޭގައި ޗުއްޓީ ހޭދަކުރަން ތިބެވިގެން ނުވާނެކަމަށެވެ. އެމީހުން މުޖުތަމަޢަށް ދޫވެފައިވުމަކީ ކޮވިޑަށްވުރެ ނުރައްކާތެރި ކަމެއްކަމަށާއި، އެފަދަ މީހުންނަށް އިސްލާމް ދީނުގައި އައިސްފައިވާ ގޮތައް އަދަބު ނުދެވޭނަމަ، މުޖުތަމަޢުގެ ކުދިބޮޑު އެންމެނަށްވެސް ޢޭގެ ގެއްލުން ފޯރާނެކަމަށް ޢަލީ ޒައިދު ވިދާޅުވިއެވެ.

ޝައިޚް މިހެން ވިދާޅުވެފައިވާއިރު، ލިވާތު ކުރިކަމަށް ތުހުމަތުކުރެވޭ ގިނަ ބައެއްގެ ވީޑިއޯއާއި ފޮޓޯތަކެއް އާންމުވެފައިވެއެވެ. އޭގެތެރޭގައި ސިޔާސީ ގޮތުން ހައިޕްރޮފައިލް މީހުންވެސް ހިމެނެއެވެ. ނަމަވެސް މިހާތަަނށް އެމީހުން ހައްޔަރުކޮށްފައިނުވާތީ ދީނީ ޢިލްމުވެރިން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބަންގްލަދޭޝްގެ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ 250 އެއްހާ މީހުން ހިމެނޭކަމަށް މިހާތަނަށް ވަނީ ހާމަވެފައެވެ. ނަމަވެސް ފުލުހުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރު ނުކޮށް، ޔޯގާ ހަރަކާތަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ދީނީ ބައެއް ޢިލްމުވެރިން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވާތީ އެކަމަށްވެސް ސަރުކާރަށް އަންނަނީ ފާޑުކިޔަމުންނެވެ. ނަމަވެސް ސަރުކާރުން އެކަމަށް މާބޮޑު އިޖާބައެއް ދީފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުންޖިޗޭ
ޙައިރާންވާންވީ ކަމެއްނޫން! އޭރުވެސް ބަޔަކު ބުނަމުންދިަޔައީ ދީނަށް ފުރާއްސާރަކޮށް ނަހީކުރައްވާފައިވާ ކަންކަމަކީ އޮންނަންވާ ޙައްޤެއްކަމަށް ވަކާލާތުކުރި މީހުންގެ އަތްމައްޗަށް ބާރުތައް ގޮސްފިނަމަ، ކަންކަން ވެގެންދާނެ ގޮތުގެ ވާހަކަ ވަރަށް ތަފުޞީލުކޮށް ކިޔައިދެމުންދިޔަ. އެކަމަކު މަޝްހޫރު ކަމަށް ބުނާ މަޝްހޫރު ޢިލްމުވެރިން ބުނަމުންދިޔައީ އެމީހުނަކީ ރަސޫލާ ދުޢާދެއްވިފަދަ މިހުންނޭ. މިއަދު މިފެންނަނީ ރައްޔިތުން އޮޅުވާލަން ދެއްކި ވާހަކަތަކުގެ ނަތީޖާ، މިކަމަށް އެވާހަކަދައްކައި އޮޅުވާލި މީހުން ޒިންމާވަންޖެހޭނެ.