ހުޅުމާލޭގައި 3 ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

ހުޅުމާލޭގައި 3 ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

Author
ޢަލީ އާދަމް
27 ޖުލައި 2022 06:06
0

ހުޅުމާލެ ނިރޮޅު މަގުގައި ތިން ސައިކަލު ޖެހި، މިއަދު ހަވީރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލެ ނިރޮޅު މަގު އެއް ނަމްބަރު ފްލެޓް ކައިރީގަައި ތިން ސައިކަލެއް އެކްސިޑެންޓްވެފައިވާކަމުގެ މައުލޫމާތު މިއަދު ހަވީރު 16:35 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނުލިބެއެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ތިން މީހުންނަށްވެސް އެކި ވަރުގެ އަނިޔާތައް ވެފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.