ހެކި ނެތިގެން ޓިކްޓޮކް ތަރި ހުނޫ ދޫކޮށްލައިފި

ހެކި ނެތިގެން ޓިކްޓޮކް ތަރި ހުނޫ ދޫކޮށްލައިފި

މަސްތުވާ ތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި، ޓިކްޓޮކުން އާންމުންގެ ތެރެއަށް މަޝްހުރުވެގެން ދިޔަ ހުނޭސާ އާދަމް ނަސީރު (ހުނޫ) ދޫ ކޮށްލައިފިއެވެ.

ޓިކްޓޮކުން އާންމުންގެ ތެރެއަށް މަޝްހުރުވެގެންދިޔަ ހުނޫ ފަހުންވަނީ ފިލްމީ ދާއިރާއިންވެސް ފެނިފައެވެ. ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. އަދި ތަހުގީގަށްފަހު އޭނާގެ މައްޗަށް 3 ދައުވާއެއް އުފުލާފައި ވެއެވެ. މީގެތެރޭގައި ހިމެނެނީ ޑައިފޯމިން އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓުން ހުނޫ ދޫކޮށްލުމަށް މިއަދު އަމުރު ކޮށްފައިވަނީ ކުރިމިނަލް ކޯޓުގައި މިއަދު އޮތް އޭނާގެ ބަންދުގެ މުއްދަތު މުރާޖައާ ކުރުމަށް ބޭއްވުނު އަޑުއެހުމުގައެވެ. ޚަބަރު އޮންލައިނަށް މައުލުމާތު ލިބިފައިވާ ގޮތުގައި، ކޯޓުން އޭނާ ދޫކޮށްލުމަށް އަމުރު ކޮށްފައިވަނީ، ފުލުންނަށް ފެނުނު މަސްތުވާތަކެއްޗާއި އެނާއާއި ގުޅުވޭނެ ހެކިތައް ފުލުހުންނަށް ނުދެއްކި، މިތަކެތީގެ ޒިންމާ އެހެން މީހަކު އުފުލާފައިވާތީއެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހުނޫ ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ފާއިތުވެދިޔަ މާރޗް މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރު ކުރިއިރު މިމައްސަލާގައި އިތުރު ދިވެހި ފިރިހެނަކު ހައްޔަރުކޮށް އޭނާގެ މައްޗަށްވެސް ދައުވާ އުފުލާފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *