ފިއްލަވައިގެން ގައުމު ދޫކުރައްވާ ވަޑައިގެންވި ސްރީ ލަންކާގެ ކުރީގެ ރައީސް ގޮޓަބަޔަ ހައްޔަރު ކޮށްދިނުމަށް އެދި، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތަކުން ސިންގަޕޯރގެ އެޓަރނީ ޖެނެރަލްއަށް ޖިނާއީ ބޮޑެތި ތުހުމަތުތަމާއެކީ ލިޔެކިޔުންތައް ހުށހަޅުއްވައިފިއެވެ.
އިންޓަރނޭޝަނަލް ޓުރުތު އެންޑް ޖަސްޓިސް ޕްރޮޖެކްޓު (ITJP) އިން ހުށަހެޅި، ޖިނާއީ ތުހުމަތުތައް ހިމެނޭ 63 ސަފްހާގެ މައްޗަށް އެކުލެވޭ ލިޔެކިޔުންތަކުގައި ހިމެނެނީ ތަމަޅަ ޓައިގަރުންނާއި ދެކޮޅަށް ގޮޓަބަޔަގެ ޑިފެންސް ސެކެޓްރީ ކަމުގައި ހިންގާފައިވާކަމަށް ބުނާ ޖަރީމާތަކެވެ.
ITJP އިން ބުނެފައިވަނީ، ސްރީ ލަންކާގެ 25 އަހަރުވީ އަހުލީ ހަނގުރާމައިގެ އެންމެ ފަހު ދުވަސްކޮޅުގައި، ގޮޓަބަޔަގެ ޑިފެންސް ސެކެޓްރީ ކަމުގައި ތަމަޅަ ޓައިގަރުންނާއި ދެކޮޅަށް ޖެނީވާ ކޮންވެންޝަނާއި ޚިލާފް ޖަރީމާތައް ހިންގާފައި ވާކަމުގައެވެ.
ސްރީ ލަންކާގެ ބައިމަދު ތަމަޅައިން އެމީހުންގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް ކުރި ހަނގުރާމަ ނިމިފައިވަނީ 2009 ވަނަ އަހަރުއެވެ.
ITJP އިންވަނީ މި ހަނގުރާމާގައި ދެފަރާތުންވެސް އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ހިންގަފައި ވާކަމުގެ ތުހުމަތު ކޮށްފައެވެ.
ސައުތު އެފްރިކާގައި ގައިމްވެފައިވާ ITJP އިން ވަކާލާތު ކުރަނީ، ބައިނަލް އަގުވާމީ ގާނޫނުތަކުގެ ދަށުން، އުމުރުން 73 އަހަރުގެ ކުރީގެ ރައީސްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އޭނާގެ މައްޗަށް ސިންގަޕޯރގައި ދައުވާ ކުރެވޭނެކަން ސާބިތު ކޮށްދިނުމަށެވެ.
ގޮޓަބަޔަ ރާޕަކްސަ ސްރީ ލަންކާގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އެގަމުގެ ރައްޔިތުން އޭނާއާއި ދެކޮޅަށް އެތައް ދުވަހެއް ވަންދެން ކުރި އިހުތިޖާޖްތަކަށް ފަހުއެވެ.
މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން އޭނާވަނީ ގައުމު ދޫކުރައްވާ ރާއްޖޭގެ މަގުން ސިންގަޕޯރއަށް ވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ