ލަލިތު މޯދީ އާއި ސުޝްމިތާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިއުލާން ކުރުމާ އެކުގައި މި ގުޅުމާއި ގުޅޭގޮތުން ތަފާތު ގިނަ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.
އެގޮތުން ސުޝްމިތާ ލަލިތާ ރައްޓެހިވީ ފައިސާއަށް ޓަކައި ކަމަށާއި އޭނާ އަކީ "ގޯލްޑް ޑިގާ" އެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ތަފާތު ވާހަކަތަށް ދައްކަމުންނެވެ.
ސުޝްމިތާއަށް ވުރެ ޒުވާން މޮޑެލް ރޮހްމާން ޝޯލް އާއި ރުޅިވުމަށްފަހު ގިނަ ދުވަސްތަކެއް ނުވެ ލަލިތާ ސުޝްމިތާ ރައްޓެހިވުމުން ގިނަބައެއްގެ ފާޑުކިއުން އެމީހުނަށް އަމާޒުވުމުން އެވާހަކަ ތަކަށް ސުޝްމިތާ ޖާވާބު ވެސް ދީފައި ވެއެވެ.
46 އަހަރުގެ ސުޝްމިތާ އަކީ މިހާތަނަށް އަދި ކައިވެންޏެއް ކޮށްފައިވާ މީހެއް ނޫނެވެ. ނަމަވެސް އެޑޮޕްޓް ކޮށްގެން 2 ކުދިން ވެސް ގެންގުޅޭ ސުޝްމިތާ އަކީ ލޯބިވެރިންގެ ލިސްޓް ވަރަށް ދިގު މީހެކެވެ.
އެގޮތުން ފިލްމީ ދާއިރާ އާއި ދާއިރާއިން ބޭރުގެ ވިޔަފާރި ވެރިންނާއި މަޝްހޫރު އެތަށް ބަޔަކާއި އެނާ ވަނި ރައްޓެހިވެފައެވެ.
ލަލިތާ ހެދި އުޅެނީ ފައިސާއަށް ކަމަށް ވާހަކަ ދެކެވެން ފެށުމުން ސުޝްމިތާގެ ދިފާއުގައި ނުކުތް އެކަކީ ޑަިރެކްޓަރު ވިކްރަމް ބަޓެވެ. ވިކްރަމް ބުނެފައިވަނީ ސުޝްމިތާ އަކީ ރާލިއަށް މީހަކާ ރައްޓެހިވާނެ މީހެއް ނޫން ކަމަށެވެ.
ވިކްރަމް ބަޓް މިވާހަކަތަށް ދެއްކިތާ މާގިނަ ދުވަހެއް ނުވެ އޭނާގެ ބޭބެ އަދި މަޝްހޫރު އެކްޓްރެސް އާލިއާ ބަޓްގެ ބައްޕަ ޑައިރެކްތަރ މަހޭޝް ބަޓް ވަނީ ސުޝްމިތާ އާއި ވިކްރަމް ގެ ވާހަކަ ތަކެއް ހިއްސާ ކޮށްފައެވެ.
އެގޮތުން މަހޭޝް ބަޓް ބުނެފައިވަނި ސުޝްމިތާ އާއި ވިކްރަމް ލޯބީގެ ގޮތުން ގުޅިގެން އުޅުނީ "ދަސްތަކް"ގެ ޝޫޓިންގައި ސީޝެލްސްގައި އުޅުނު ދުވަސްވަރުގައި ކަމަށެވެ. އެ ދުވަސްވަރު އެމީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެފައި ވާކަމަށާއި ސީޝެލްސް އަކީ އެމީހުން ގެ ލޯބީގެ ފެށުން ކަމަށް މަހޭޝް ބަޓް ވަނީ ބުނެފައެވެ.
މަގުބޫލު ގިނަ ފިލްމް ތަކެއްގައި މަސައްކަތް ކޮށްފައިވާ ސުޝްމިތާ މިހާރު ވަނީ ފިލްމީ ދާއިރާ އާއި ވަރަށް ބޮޑަށް ފެޔަށް ޖެހިފައެވެ.