ދެވަނަހާފްގައި އަހަރަމެންނަކަށް ނުކުޅެވުނު: ލޯ

ދެވަނަހާފްގައި އަހަރަމެންނަކަށް ނުކުޅެވުނު: ލޯ

ގުޅުންހުރި

ނޭޝަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ޖަރުމަނުން ޔުކްރެއިނު މައްޗަށް ކުރި ހޯދި މެޗުގައި މޮޅަށްކުޅެ ކޮންޓްރޯލްކޮއްގެން ކުޅުނީ ޖަރުމަނުން ކަމަށް އެޓީމުގެ ކޯޗު ޖޮކެމެން ލޯ ބުނެފިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ލޯ ބުނީ މިއީ ޖަރުމަނަށް އެހާ ފަސޭހަ މެޗަކަށް ނުވިކަމަށާއި އެއަށްވުރެ އިދިކޮޅު ޓީމުން މާ މޮޅަށްކުޅެ މާބޮޑަށް ނުރައްކާ ކުރިކަން ލޯ ވަނީ ފާހަގަކޮށްފައެވެ. މެޗުގެ ފުރަތަމަހާފްގައި ޖަރުމަނުން މޮޅަށް ކުޅެ ނުރައްކާތެރި ހަމަލާތައް އުފެއްދިކަމަށާއި އެހެންނަމަވެސް މެޗުގެ ދެވަނަހާފްގައި އެކުޅުމެއް ޓީމަކަށް ނުދެއްކުނު ކަމަށް ލޯ ވަނީ ބުނެފައެވެ.

އަބަދުވެސް ޔުކްރެއިންނާ ދެކޮޅަށް ކުޅެން އުނދަގޫ، އެޓީމަކީ ރަނގަޅު ފުޓްބޯޅެއް ކުޅެ އިދިކޮޅު ޓީމަށް ނުރައްކާކުރާ ޓީމެއް، މެޗުގެ ކޮންޓްރޯލް އަހަރަމެންނަށް ނެގުނު.

– ލޯ ބުނެފައިވެއެވެ.

މެޗަށްފަހު ވާހަދައްކަމުން ޔޫކްރެއިންގެ ކޯޗު އަންދްރޭ ޗެވްޗެންކޯ ބުނީ އޭޓީމުން މަސައްކަތް ކުރީ އެޓީމުގެ ގޭމްޕްލޭނާ އެއްގޮތައް ކުޅެންކަމަށާއި ބައެއް މެޗުތަކުގައި އެކުޅުން ވަރަށް މޮޅަށް ޓީމަށް ދެއްކޭކަމަށެވެ. އޭނާ ބުނީ ޖަރުމަނު ކަހަލަ އޯގައިނައިޒިން ޓީމަކާ ދެކޮޅަށް ކުޅޭއިރު އުނދަގޫތަކެއް ހުންނާނެކަމަށާއި މެޗުގައި ލިބުނު ފުރުސަތުތަކަށް ބަލާއިރު ނަތީޖާ އެއްވަރު ކުރުމަށް ޔުކްރެއިނަށް ފުރުސަތު ލިބުނު ކަމަށްވެސް ޗެވްޗެންކޯ ވަނީ ބުނެފައެވެ. ކުރިޔަށް ސުވިޒަލޭންޑާ ދެކޮޅަށް ކުޅެން އޮތްމެޗަކީ އުނދަގޫ މެޗަކަށް ވާނެކަމަށާއި އެހެންނަމަވެސް ޔުކްރޭނުން ފަހަވުގުތާއި ހަމައަށްވެސް މަސައްކަތް ކުރާނެކަމަށް ޔުކްރެއިންގެ ކޯޗު ވަނީ ބުނެފައެވެ.

ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުނުނަމަ ނަތީޖާ އެއްވަރުކޮއްލަން ފުރުސަތު ލިބުނު، މެޗުތަކުގައި އެއްފެންވަރެއްގައި ޓީމަށް ނުކުޅެވޭތީ އެންމެ ބޮޑު މައްސަލައަކީ.

– ޗެވްޗެންކޯ ބުނެފައިވެއެވެ.

މެޗުން ހޯދި މޮޅާއެކު އެއްޕޮއިންޓުގެ ލީޑަކާ އެކު ގުރޫޕް ލީޑްކުރަނީ ޖަރުމަނުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *