އެޑިއުކޭޝަން މިނިސްޓްރީގެ ފެންހޮޅިއެއް ފަޅައިގެންގޮސް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

އެޑިއުކޭޝަން މިނިސްޓްރީގެ ފެންހޮޅިއެއް ފަޅައިގެންގޮސް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

Author
މުޙައްމަދު ޖިމީ
18 ޖުލައި 2022 11:57
0

ވެލާނާގޭ ޢިމާރާތުގައި ހިންގަމުން އަންނަ އެޑިއުކޭޝަން މިނިސްޓޤރީގެ ފެންހޮޅިއެއް ފަޅައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ވެލާނާގޭގެ 9 ވަނަ ފަންގިފިލާގައި ހިންގަމުން އަންނަ އެޑިއުކޭޝަން މިނިސްޓްރީގެ ފެންހޮޅި ފަޅައިގެން ދިއުމުގެ ސަބަބުން އެ މިނިސްޓްރީއާއި، އެ ޢިމާރާތުގައި ހިންގާ އެހެން ބައެއް އޮފީސްތަކުގެ ގިނަ ތަކެއްޗަށް ގެއްލުން ލިބިފައިވެއެވެ. އެގޮތުން ކޮމްޕިއުޓަރ ސިސްޓަމާއި، ބައެއް ޑޮކިއުމަންޓްސްއާއި، ކަރަންޓު އާލާތްތަކަށްވެސް ގެއްލުން ލިބިފައިވެއެވެ.

ފެން ހޮޅި ފަޅައިގެން ގޮސް މުޅި އޮފީސްތެރޭގައި ފެން ބޮޑުވެފައިވާތަން ދައުރުވާ ފޮޓޯއާއޮ ވީޑިއޯއިން ފެނެއެވެ. މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އަދި ވަކި އެއްޗެއް ނުބުނެއެވެ.

ފެންހޮޅި ފަޅައިގެން ދިއުމުގެ ސަބަބުން ވެލާނާގޭ 8 ވަނަ ފަންގިފިލާގައި ހިންގަމުން އަންނަ ފިޝަރީޒް މިނިސްޓްރީގެ ސެކްޝަނެއްގެ މަސައްކަތްވެސް ވަނީ ހުއްޓިފައެވެ. އެތަނުގެ ކަރަންޓް ކެނޑިފައިވާއިރު، މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަންގެ ކޮޓަރިކޮޅަށްވެސް ގެއްލުންވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.