"ތޭޒާބް" ގެ ރީމޭކް ކާތިކަށް!

"ތޭޒާބް" ގެ ރީމޭކް ކާތިކަށް!

Author
ފާތިމަތު ނާވީ
19 ޖުލައި 2022 04:13
0

ބޮލިވުޑްގެ މެދު އުޑުގައި ފިޔަ ޖަހަމުން އަންނަ ކާތިކް އާރިޔާނަށް އަނެއްކާވެސް ރީމޭކެއް ލިބިއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިފަހަރު އޭނާ އަށް ލިބުނީ މަޝްހޫރު އެކްޓަރ އަނިލް ކަޕޫރުގެ މަޝްހޫރު ފިލްމް "ތޭޒާބް"ގެ ރީމޭކެކެވެ. އެ ފިލްމް އަކީ 1988 ވަނަ އަހަރު ކޭތާނީ ޕްރޮޑިއުސްކުރި ވަރަށް ކާމިޔާބު ފިލްމެކެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި މިހާރު ކާތިކާއި ކޭތާނީ އަންނަނީ ފިލްމާ ބެހޭގޮތުން މަޝްވަރާ ކުރަމުންނެވެ.

ކާތިކްގެ އެންމެ ފަހުން ރިލީޒް ކުރި ފިލްމަކީ ބޮޑު ކާމިޔާބެއް ހޯދި ފިލްމު "ބޫލް ބުލައްޔާ2″ އެވެ. އެ ފިލްމުގެ ކާމިޔާބީ އާއެކު ކާތިކް މިހާރު ވަނީ އެންމެ ޑިމާންޑަ ބޮޑު އެއް އެކްޓަރަށް ވެގެން ގޮސްފައެވެ.

ކާތިކް އަތުގައި މިހާރު ގިނަ ޕްރޮޖެކްޓް ތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި "ފްރެޑީ" އަދި "ޝެހެޒާދާ" ފަދަ ފިލްމުތައް ހިމެނެއެވެ. ކާތިކަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއްހޯދި ތަރިއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.