ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ “ވިނަރެސް” ހައުސިންގ މަޝްރޫޢުއިން އެޕާރޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުވާލައިފިއެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޢިމާރަތްކުރަން ފެށި ހައުސިން މަޝްރޫޢުއިން އެޕާޓްމަންޓް ގަތުމަށް އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާޅާފައިވާ ކަމަށާއި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު 15 އާ ހަމައަށް އޮންނާނެ އެޗްޑީސީން ބުންޏެވެ. ފޯމު ހުށަހަޅާ އޮންލައިން ޕޯޓަލަށް އެޗްޑީސީގެ ވެބްސައިޓު މެދުވެރިކޮށް ވަދެވޭނެ އެވެ. އެ ޕޯޓަލަށް ލޮގިން ކުރެވޭނީ އީ-ފާސް މެދުވެރިކޮށެވެ.
އިއުލާން:
ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ވިނަރެސް ހައުސިންގ މަޝްރޫޢުއިން އެޕާރޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލުންhttps://t.co/VSBEqmkFT9ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިިރީގައިވާ ލިންކް މެދުވެރިކޮށް ފޯމު ފުރުއްވާ:https://t.co/TLTLPrhN1h pic.twitter.com/ZWJ5J8XbUl
— HDC (@hdcmaldives) July 17, 2022
ވިނަރެސް ހައުސިން މަޝްރޫޢަކީ މެދުފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެކެވެ. 10 ޓަވަރު ހިމެނޭހެން ތަރައްޤީކޮށްފައިވާ ވިނަރެސް މަޝްރޫޢުގައި 1344 ފްލެޓު ހިމެނެއެވެ. މިއީ މުޅިންވެސް 3 ކޮޓަރީގެ ފްލެޓްތަކެކެވެ.
މި ފެލްޓްތައް ތަރައްޤީކޮށްފައިވަނީ ހުޅުމާލޭ ފޭސް ދޭއްގެ ހިތިގަސްމަގުގައެވެ. ވިނަރެސް މަޝްރޫޢުގެ ދަށުން ފްލެޓްތައް ތަރައްޤީކޮށްފައިވަނީ 4 ކޮންސެޕްޓަކަށެވެ. އެއީ އިނާ ވިއު، އައުޓާ ވިއު، މެރީނާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމެންޓްތަކެވެ. މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނެއެވެ. އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެނެއެވެ.
މި ފްލެޓްތައް އާއްމުންނަށް ދޫކުރަނީ ފިނިޝިންގގެ މަސައްކަތްތައް ފުރިހަމަކުރުމަށްފަހުއެވެ. އެގޮތުން ހުރިހާ ފްލެޓެއްގައިވެސް ތަށިމުށި ޖަހާފައި ހުންނާނެކަމަށާއި، ލިވިންގ ރޫމާއި ކޮޓަރިތަކުގައި އޭސީ ހަރުކުރެވިފައި ހުންނާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. އަދި ބަދިގެ ކައުންޓަރާއި ކަބަޑު ސެޓު ހަރުކޮށްފައި ހުންނާނެކަމަށާއި، ފާޚާނާތަކުގައި ފިކްސްޗަރޒް ހަރުކޮށްފައި ހުންނާނެކަމަށްވެސް އެޗްޑީސީން ވިދާޅުވެއެވެ. ހަމައެހެންމެ ބެލްކަނި ހުންނަނީ ދޮންނަމެޝިން ބެހެއްޓޭގޮތަށް ތައްޔާރުކުރެވިފައިކަމަށްވެސް އެޗް.ޑީ.ސީން ވިދާޅުވެއެވެ.
ވިނަރެސް ފްލެޓް ގަތުމަށް ޕޮއިންޓްދޭނެ އުސޫލު:
- މައި އެޕްލިކެންޓް އަދި ކޯ އެޕްލިކެންޓްގެ ނަމުގައި މާލެ ސަރަހައްދުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބޯހިޔާވެހިކަމެއް ނެތް ނަމަ 25 ޕޮއިންޓު.
- 18 އަހަރުން ދަށުގެ ދަރިންނާއި ޝަރުއީ ގޮތުން ހަވާލުވެގެން ބަލަމުންދާ ދަރިންގެ އަދަދު.
- ދިރިއުޅޭ އެޕާޓްމަންޓުގައި އުޅޭ މީހުންގެ އަދަދު.
- ބަދިގެ އާއި ލިވިން އޭރިއާގެ ބޮޑުމިން.
- ފާހާނައިގެ އަދަދާއި އެއް ފާހާނައެއް ބޭނުން ކުރާ މީހުންގެ އަދަދު.
- ހާއްސަ އެހީއަށް ބޭނުންވާ މީހެއް ހުރި ނަމަ އިތުރު 10 ޕޮއިންޓް.