މަގާމުން ދުރުކޮށްފައިވާ ޕްރޮސެކިއުޓަރ ޖެނެރަލް އިރީނާ ވެނެޑިކްޓޯވާއާއި ޔޫކުރެއިންގެ ސެކިއުރިޓީ އޭޖެންސީ SBUގެ އިސް ވެރިޔާ އިވާން ބަކަނޯވާ

ޒެލެންސްކީގެ ސަރުކާރުގެ ބާރުގަދަ ދެ މުވައްސަސާއެއްގެ ވެރިން މަގާމުން ދުރުކޮށްފި

ޒެލެންސްކީގެ ސަރުކާރުގެ ބާރުގަދަ ދެ މުވައްސަސާއެއްގެ ވެރިން މަގާމުން ދުރުކޮށްފި

ޔޫކުރެއިންގެ ރައީސް ޒެލެންސްކީ އޭނާގެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ ދެ މުއައްސާ ކަމުގައިވާ ޔޫކުރެއިންގެ ސެކިއުރިޓީ އޭޖެންސީ SBUގެ އިސް ވެރިޔައާއި، ސަރުކާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް މަގާމުން ދުރުކޮށްފިއެވެ.

މި ދެ މުވައްސަސާގެ އިސްވެރިން މަގާމުން ދުރުކޮށްފައިވަނީ، މި ދެ މުވައްސަސާއިންވެސް ގައުމަށް ޚިޔާނާތްތެރިވެ، ރަޝިއާއަށް އެއްބާރުލުން ދިންކަމުގެ ގިނަ ކޭސްތަކެއް ފެންމަތިވެގެން ދިއުމާއި ގުޅިގެން ކަމުގައި ޔޫކުރެއިން ސަރުކާރުން ހާމަ ކޮށްފައި ވެއެވެ.

ޒެލެންސްކީ ވިދާޅުވެފައިވަނީ، މި ދެ މުވައްސަސާގައި ކުރިން މަސައްކަތްކުރި 60 ވަރަކަށް މުވައްޒަފުން، ރަޝިއާއިން މިހާރު ހިފާފައިވާ ސަރަހައްދު ތަކުގައި، ޔޫކުރެއިންއާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި، ގައުމަށް ޚިޔާނާތަތެރި ވުމުގެ 651 ކޭސްއެއް މިހާރުވެސް ސަލާމަތީ މުވައްސަސާގެ ތެރެއިން ފެންމަތި ވެފައިވާ ކަމުގައެވެ.

މަގާމުން ވަކިކޮށްފައިވާ ޕްރޮސެކިއުޓަރ ޖެނެރަލް އިރީނާ ވެނެޑިކްޓޯވާއާއި ޔޫކުރެއިންގެ ސެކިއުރިޓީ އޭޖެންސީ SBUގެ އިސް ވެރިޔާ އިވާން ބަކަނޯވާ، ޔޫކުރެއިންގެ ރައީސް ޒެލެންސްކީގެ މި ނިންމެވުމާއި ގުޅިގެން މިހާތަނަށް އެއްވެސް ކޮމެންތެއް ކޮށްފައެއް ނުވެއެވެ.

"މިފަދަ ކުށްތަކަކީ، ދައުލަތުގެ ސެކިއުރިޓީގެ ބިންގަލަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް.. އަދި ދައުލަތުގެ އިސްވެރިންގެ އިޚްލާސްތެރިކަމާމެދު ވަރަށް ބޮޑެތި ސުވާލުތަކެއް އުފައްދާ ކަންކަން،" މިހަފްތާގެ އާދީއްތަ ދުވަހު ގައުމާ މުޚާތަބްކޮށް ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވެފައި ވެއެވެ.

ޒެލެންސްކީގެ ކުޑައިރުގެ ރައްޓެއްސެއް ކަމުގައިވާ ޔޫކުރެއިންގެ ސެކިއުރިޓީ އޭޖެންސީ SBUގެ އިސް ވެރިޔާ އިވާން ބަކަނޯވާ މަގާމުން ވަކިކޮށްފައިވަނީ، ރަޝިއާއިން ހިފާފައިވާ ކަރައިމިއާގެ SBUގެ ކުރީގެ ވެރިޔާ އޯލޭހ ކުލިންޗް ހައްޔަރު ކުރުމަށް ފަހުއެވެ. އޭނާގެ މައްޗަށް ކުރަނީ ގައުމަށް ޚިޔާނާތްތެރި ވުމުގެ ތުހުމަތަކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *