ލަންކާގެ ހާލަތު އިތުރަށް ގޯސްވެ، ބައެއް ސަރަހައްދު ތަކުގައި ކާފިއު އިއުލާންކޮށްފި

ލަންކާގެ ހާލަތު އިތުރަށް ގޯސްވެ، ބައެއް ސަރަހައްދު ތަކުގައި ކާފިއު އިއުލާންކޮށްފި

ގުޅުންހުރި

ސްރީ ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ ރޭ ދަންވަރު ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމާއި ގުޅިގެން އެޤައުމުގެ މަޝްރަހު އަނެއްކާވެސް އިތުރަށް ހޫނުވެ ބައެއް ސަރަހައްދު ތަކުގައި ކާފިއު އިއުލާންކޮށްފިއެވެ.

ސްރީލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި މިހާރުން މިހާރު ހުޅަނގު ޕްރޮވިންސްގައި ކާފިއު އިއުލާންކޮށް، މީހުން ގެއިން ބޭރަށް ނިކުތުން މަނާކުރަން ރަނިލް އަންގަވާފައިވާ ކަމަށެވެ. ސްރީލަންކާގެ ހުޅަނގު ޕްރޮވިންސަކީ އެގައުމު ބަހާލާފައިވާ ނުވަ ޕްރޮވިންސްގެ ތެރެއިން އެއް ޕްރޮވިންސެވެ. ވެރިރަށް ކޮލަމްބޯގެ އިތުރުން ކޮލަމްބޯގެ ވަށައިގެން އޮންނަ އަވަށްތަކަކީ ވެސް ހުޅަނގު ޕްރޮވިންސްގައި ހިމެނޭ ސަރަހައްދުތަކެވެ.

ހުޅަނގު ޕްރޮވިންސްގައި ކާފިއު އިއުލާން ކުރަން ނިންމާފައި މިވަނީ މިއަދު 13:00 ގެ ކުރިން ސްރީލަންކާގެ ބޮޑުވަޒީރު ގޮތަބަޔާ ރާޖަޕަކްސަ އާއި ބޮޑުވަޒީރު ރަނިލް މަގާމުން އިސްތިއުފާ ދޭން މުޒާހަރާގެ ބައިވެރިން މުހުލަތު ދީފައި ވަނިކޮށެވެ.

ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ރައީސް ގޮތަބަޔާ ރާޖަޕަކްސަ މަގާމުން އިސްތިއުފާދެއްވާނެކަމަށް ވަނީ އިއުލާނުކުރައްވާފައެވެ. މިހާރު ރިޕޯޓުތައް ބުނާގޮތުން ގޮތަބަޔާގެ އިސްތިއުފާ ސިޓީފުޅު ހުށަހަޅުއްވާނީ އެމަނިކުފާނަށް ގައުމުން ބޭރުން، ރައްކާތެރި މަންޒިލަކަށް ދަތުރުކުރެވުމުންނެވެ. އެގޮތުން ގޮތަބަޔާގެ އިސްތިއުފާގެ ސިޓީފުޅު މަޖިލީހުގެ ރައީސަށް އަރުއްވާނީ ބުދަ ދުވަހުގެ ރޭ، 08:00 ގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލަންކާގެ ރައީސް އިސްތިއުފާނުދެއްވާ ގައުމުން ބޭރަށް ފިއްލަވަން މަސައްކަތްކުރައްވަން ފެއްޓެވުމާއެކު އާންމުންގެ ނުރުހުން އިންތިހާއަށް އަމާޒުވެގެން ގޮސްފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު ދަނީ ބޮޑުވަޒީރުގެ އޮފީސް ހުންނަ ސަރަހައްދަށް އެއްވެ މުޒާހަރާކުރަމުންނެވެ. މި މުޒާހަރާ ހުއްޓުވުމަށް ފުލުހުން ކަރުނަ ގޭހާއި ބާރުގެ ބޭނުން ކޮށްފައިވާކަމަށް އެގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ލަންކާގެ ރައީސަށް ރާއްޖެއިން ހިމާޔަތް ދިނުމާއި ގުޅިގެން އެގައުމުގެ ގިނަ ރައްޔިތުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ނަފްރަތު އިތުރުވެ، ހަމަނުޖެހުން ބޮޑުވެފައެވެ. މިހަމަ ނުޖެހުންތަކާއި ގުޅިގެން 4 މީހަކަށް ދަނީ ހޮސްޕިޓަލުގައިވެސް ފަރުވާ ދެމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ