ޜޭގެ ވަގުތެއްގައި ބޮޓަބަޔަ ވަނީ ގައުމު ދޫކޮށް ފިއްލަވައިގެން ރާއްޖެ ވަޑައިގެންފަ

ގޮޓަބަޔަ އެންމެ ފަހުން، ފިއްލަވައިގެން ރާއްޖެއަށް

ގޮޓަބަޔަ އެންމެ ފަހުން، ފިއްލަވައިގެން ރާއްޖެއަށް

ގުޅުންހުރި

އިސްތިއުފާ ދެއްވުމުގެ މަދު ގަޑިއިރުތަކެއް ކުރިން، ސްރީ ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސް ގައުމުދޫކޮށް، އެންމެ ފަހުން ރާއްޖެއަށް އަތުވެއްޖެއެވެ.

ސީއެންއެންއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ގޮޓަބަޔަ ރާއްޖެ ދަތުރު ކޮށްފައިވަނީ އޭނާގެ އަނބިކަބަކުންނާއެކީ، ސްރީ ލަންކާގެ އަސްކަރިއްޔާގެ AN32 މަރުކާގެ މަތިންދާ ބޯޓެއްގައެވެ.

ބައެއް އޮފިޝަލުންނާ ހަވާލާދީ ސީއެންއެންއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ގޮޓަބަޔަ ދަތުރު ކުރަމުންދިޔަ މަތިންދާބޯޓު ހުޅުލޭ އެއަރޕޯޓުގައި ޖެއްސުމަށް އެންމެ ފުރަތަމަ ރާއްޖޭގެ އެއަރ ޓްރެފިކް ކޮންޓްރޯލްއިން ދެކޮޅު ހަދާފައި ވެއެވެ. އަދި މި ފްލައިޓް ޖެއްސުމުގެ ހުއްދަ އެއަރ ޓްރެފިކް ކޮންޓްރޯލުން ދީފައިވަނީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މެރިވެރިވެގެން ކަމުގައިވެސް ސީއެންއެންއިން ރިޕޯޓު ކޮށްފައި ވެއެވެ.

އިސްތިއުފާ ދެއްވާނޭކަން އިއުލާން ކުރައްވާފައިވާ، ސްރީ ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ސްރީ ލަންކާ ދޫކޮށް ދޫކޮށް ދިއުމަށް އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ ސްރީ ލަންކާގެ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސްރީ ލަންކާއިން ފުރައިގެން ދިއުމަށް ގޮޓަބަޔަ އިއްޔެ މަސައްކަތް ކޮށްފައިވަނީ ދުބާއީއަށެވެ. ސްރީ ލަންކާގެ އޮފިޝަލުންނާ ހަވާލާދީ ސީއެންއެންއިން އިއްޔެ ރިޕޯޓު ކޮށްފައިވާ ގޮތުގައި ފުރާވަޑައިގަތުމަށް ގޮޓަބަޔަ ހޯމަދުވަހު އެއަރޕޯޓަށް ވަޑައިގެންފައިވަނީ އާއިލާގެ 15 މީހެއްގެ ޕާސްޕޯޓާއެކީއެވެ. އެމީހުންގެ ފްލައިޓް ބުކިން ހަދާފަ އޮތީ ހަވީރު 6:25ގައި ދުބާއީއަށް ފުރަން ހަމަޖެހިފައި އޮތް ފްލައިޓުންނެވެ.

މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިމިގްރޭޝަންގެ އޮފިޝަލުން ގޮޓަބަޔަ ވީއައިޕީއޭރިއާއަށް ވަނުމުގެ ފުރުސަތު ނުދިނުމުގެ ސަބަބުން ޔުނައިޓޭޑް އަރަބް އެމިރޭޓްސްއަށް ފުރައިގެން ދިޔަ 4 ފްލައިޓަކުން ގޮޓަބަޔައަށް ވަނީ ޖާގަ ލިބޭ ގޮތް ނުވެފައެވެ. އަދި ދުބާއީއަށް ފުރާވަޑައިގެންނެވޭ ގޮތް ނުވުމުގެ ސަބަބުން އަނބިކަބަލުންނާއެކީ އެބުރި ވަޑައިގެންނެވީ އެއަރޕޯޓުގެ ކައިރީގައި ހުރި މިލިޓަރީ ބޭސްއަކަށެވެ.

ގޮޓަބަޔައަކީ އަދިވެސް ސްރީ ލަންކާގެ ރައީސް ކަމަށްވުމާއެކު، އޭނާ ހައްޔަރު ކުރުމުގެ ފުރުސަތު އަދިވެސް ސްރީ ލަންކާގައި ނެތެވެ. ގަބޫލުކުރެވޭ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އޭނާ ހައްޔަރު ކުރުމުގެ ފުރުސަތު އޮތުމާއި ގުޅިގެން، ހަޔަރުން ސަލާމަތް ވުމަށްޓަކާ އޭނާ ބޭނުންފުޅުވަނީ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން ގައުމު ދޫކޮށް ވަޑައިގެންނެވުމަށެވެ.

2009ވަނަ އަހަރު ސްރީ ލަންކާގެ ތަމަޅައިން ވަކިވެގަތުމަށް ކުރަމުން އައި ހަނގުރާމަ ނިމުމަމަށް އައިއިރު، ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން އިންސާނިއްޔަތާއި ޚިލާފް އެތައް އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ގޮޓަބަޔަގެ މައްޗަށް ވަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގިކަމުގެ ތުހުމަތު ކުރެވިފައެވެ.

ފާއިތިވި 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މިތުހުމަތުތަކާއި ކުރިމަތި ލުމަށް ގޮޓަބަޔަ ކޯޓުތަކަށް ހާޒިރު ކުރެވިފައެއް ނުވެއެެވެ.

ގޮޓަބަޔަ މަގާމުން އިސްތިއުފާ ދެއްވާނޭކަން ހާމަ ކޮށްފައިވަނީ، އޭނާގެ އިސްތިއުފާއަށް ގޮވާ، ސްރީ ލަންކާގެ ރައްޔިތުން މުޒާހިރާ ކުރަމުންދާތާ އެތައް މަހެއް ފާއިތުވެގެން ދިޔަފަހުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ