އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު އައްޑޫ ސިޓީ މީދޫއަށް ވަޑައިގަތުމުން އިސްތިއުފާ ގޮވައި ބެނާ ދަމައިފިއެވެ.
މޭޔަރު އަލީ ނިޒާރު މިއަދު މީދޫއަށް ވަޑައިގެންފައިވަނީ މީދޫގައި ކުރިއަށްދިޔަ އީދުގެ ހަރަކަތެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ. މީދޫ ގިނަ ޒުވާނުންތަކެއް ވަނީ ނިޒާރުގެ އިސްތިއުފާއަށް ގޮވައި، ޒުވާނުންގެ ކަންކަމުގައި އިސްކަން ދިނުމަށް ގޮވާލާފައެވެ.
ނިޒާރުގެ އިސްތިއުފާއަށް ގޮވާފައިވަނީ ޖަމިއްޔާތަކުން ކުރާ ކަންކަމަށް ކައުންސިލުން އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ނުދޭ ކަމަށް ބުނެއެވެ. އެގޮތުން ޖަމިއްޔާތަކަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ކައުންސިލުން އަމިއްލަ އަށް އިވެންޓުތައް ބާއްވަމުން ދިޔުމަކީ ޒުވާނުންގެ ހިތްހަމަނުޖެހުން ހުރި މައިގަނޑު ސަބަބެއް ކަމަށް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން މޭޔަރު ނިޒާރާއި ދެކޮޅަށް މީދޫ ޒުވާނުން ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އަޑުތައް ވަނީ ފެތުރިފައެވެ. ނިޒާރުގެ އިސްތިއުފާއަށް ގޮވި ޒުވާނުންވަނީ މީދޫގެ ބައެއް ސަރަހައްދުތަކުގައި އިސްތިއުފާގެ ބެނާތައްވެސް ދަމާފައެވެ.
އައްޑޫ ސިޓީއަކީ މިފަހަރުގެ އީދު ހަރަކާތްތައް އެންމެ ބޮޑަށް އޮތް އެއް ސިޓީއެވެ.
ކޮމެންޓު ފޮނުވާ