އިގްތިސާދީ ކާރިސާއާއެކު, ސްރީ ލަންކާއަންނަމުންދާ އިންގިލާބީ ބަދަލުތަކުގައި ރާޖަޕަކްސް އާއިލާހެ ހުރިހާ ބޭފުޅުންވަނި ސަރުކާރުން އިސްތިއުފާ ދެއްވާފަ

ލަންކާ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލީ، އިޤްތިޞާދީ ތަދު ހާލަތަށް ކެތްނުކުރެވި!

ލަންކާ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލީ، އިޤްތިޞާދީ ތަދު ހާލަތަށް ކެތްނުކުރެވި!

ގުޅުންހުރި

އަވަށްޓެރި ސްރީލަންކާގެ ތާރީހުގައިވެސް އިއްޔެ އަކީ ބޮޑު ދުވަހެކެވެ. ދުރާލައި އިއްޔެގެ މުޒާހަރާ ބާއްވާނެކަން ހާމަކޮށް ހާސިލް ކުރަންބޭނުންވާ ކަންތައްތަކެއްވެސް ދުރާލައި އިއުލާން ކުރުމަށްފަހު ފެށި މުޒާހަރާ ނިންމާލީ ނަތީޖާ ހާސިލްކޮށްފައެވެ.

ލަންކާގެ ފާއިތުވެދިޔަ 70 ވަރަކަށް އަހަރުގެ ތެރޭގައި އެޤައުމު ދެކެމުންދާ އެންމެ ހިތްދަތި ދުވަސްތައް ގުނަމުންދާއިރު، މިއީ މިހާރު އޮތް ސަރުކާރުގެ އިހުމާލުން ކުރިމަތިވި ދުވަސްތަކެއްކަމަށް އެޤައުމުގެ ގިނަ ރައްޔިތުން ގަބޫލުކުރެވެއެވެ. ކޯވިޑާއިއެކު ދިމާވި ބޮޑު އިޤްތިޞާދީ ކާރިޔާގައި ޤައުމު 2 އަހަރެއްހާ ދުވަހު ބަންދުކޮށްފައި އޮތް އޮތުމަކީ ލަންކާ މިހާލަތަށް ދާންޖެހުނު އެންމެ ބޮޑު ސަބަބުކަމަށް ލަންކާގެ މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ.

ސްރީލަންކާގެ އިޤުތިޞާދީ ހާލަތު ގޯސްވެ، ކާބޯތަކެއްޗާއި ތެލާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ހުސްވުމާއި، ކަރަންޓާއި މުވާސަލާތީ ޚިދުމަތްތައް ބުރޫއަރަން ފެށުމުން މިދިޔަ މަހުގެ ތެރޭގައި ވެސް ބޮޑެތި މުޒާހަރާތަކެއް ކުރިއެވެ. އަދި، ފުލުހުންނާއި ޢާންމުންނާ މެދުގައި ހިނގި ކުރިމަތިލުންތަކުގައި ނުވަ މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ.

މުޒާހިރާގައި ފުލުހުންނާއި އާންމުނާ ދެމެދު ހަމަނުޖެހުން ހިގަނީ

އިއްޔެ ލަންކާގައި ބޭއްވި ބޮޑު މުޒާހަރާއަށް އެޤައުމުގެ އެތައް ހާސްބަޔަކު ވަނީ މުގުތަކަށް އެއްވެފައެވެ. ޚާއްސަކޮށް ރައީސްގެ ދެކޮޅާއި، ބޮޑުވަޒީރުގެ ގެކޮޅު ކައިރިއަށް އެއްވުމަށް ކުރި މަސައްކަތް ފަސޭހަ ކަމާއިއެކު ކާމިޔާބުކޮށް ދެބޭފުޅުންވެސް އެއްވެސް ޝަރުތަކާއި ނުލައި ވެރިކަމުން އިސްތިއުފާ ދިނުމަށް ދިޔައީ ގޮވާލަމުންނެވެ. މުޒާހަރާ ހުއްޓާލާނީ މިކަންކަން ހާސިލް ވުމުންކަމަށް މުޒާހަރާގެ ބައިވެރިން ދިޔައީ ބުނަމުންނެވެ.

9 ޖުލައި މުޒާހަރާގައި ހާސިލް ކުރި ކަންކަން:

– ރައީސް ގޮޓާބަޔަ އިސްތިއުފާ ދެއްވަން އެއްބަސްވުން (އިސްތިއުފާ ދެއްވަނީ ބުދަ ދުވަހު)
– ބޮޑު ވަޒީރު ރަނިލް މަޤާމުން އިސްތިއުފާ ދެއްވުމަށް އެއްބަސްވުން
– ރައީސްގެ ރަސްމީ ގެކޮޅާއި، ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅު އާންމުންގެ ބެލުމުގެ ދަށަށް ގެނައުން

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ކާރިސާގައި އެ ޤައުމުން ތެޔޮ ހުސްވުމާ ގުޅިގެން ޢާންމު ރައްޔިތުންނަށް ތެޔޮ ވިއްކުން މަނާކުރުމާ އެކު، މި ކަމާ ދެކޮޅަށް އަޑު އުފުލަމުންދާ މީހުންގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ބޭންކިންގ ދާއިރާގެ މުވައްޒަފުން ހިމެނެއެވެ.

މިޒާހިރާކުރާ ފަރާތްތަކާއި, ފުލުހުންނާ ދެމެދު ކުރިމަތިލުން ހިގަނީ

މުޒާހަރާ ކިތަންމެ ހޫނުވިނަމަވެސް ރައީސާއި، ބޮޑުވަޒީރު އިސްތިއުފާ ދެއްވަންޖެހޭ ހާލަތެއް އައިސްފާނެކަމަށް ސަރުކާރުން ގަބޫލު ނުކުރެއެވެ. ސަބަބަކީ މިހާތަނަށްވެސް އެކި އުޒުރާއި ބަހަނާ ދައްކައިގެން ވެރިކަން ހިފަހައްޓާފައިވުމެވެ.

މުޒާހަރާގައި އާންމުންގެ އުދާސްތައް ބަންޑުން:

އިއްޔެގެ މުޒާހަރާގައި އެއްވި މީހުން ކޮންޓްރޯލް ކުރުމަށް ލަންކާގެ ސަލާމީ ބާރުތަކުން ކަރުނަ ގޭހާއި، ޕެޕާސްޕްރޭއާއި، މުގުރާއި، ފެންލޮރީގެ ބޭނުންވެސް ވަނީ ކޮށްފައެވެ. ނަމަވެސް މިއިން އެއްވެސް އެއްޗަކަށް އެއްވި މީހުން ގުޑާވަރެއްނުވިއެވެ. އެތައް ހާސްބަޔަކު ގޯޓާބަޔަ ގެކޮޅު ވަށައިލުމުން ސަލާމަތީ ބާރުތަކަށްވެސް ހަދާނެ ގޮތްހުސްވެ އަމާންދޭން މަޖުބޫރުވިއެވެ.

މިއާއެކު ފެނިގެން ދިޔައީ ރައީސް ގޯޓާބަޔަގެ ރަސްމީ އިއްޒަތުގައި އުޅުއްވި ގެކޮޅުގައި މުޒާހަރާގެ ބައިވެރިން ވަދެ މަޖާ ނެގި މަންޒަރެވެ. މުޒާހަރާގެ ހޫނުކަންމަތީ ތިބި ހިތްހަމަ ޖެހުން ގެނުވީ ރައީސްގެ ގެކޮޅުގައި ހުރި ސުވިމިން ޕޫލާއި، ކާބޯތަކެއްޗާއި، އަރާމު ސޯފާތަކާއި، އެދުތަކެވެ. އެއްވި މީހުން ރައީސް ގޮޓާބަޔަގެ ގެކޮޅުގައި އެއްދުވަސް ހޭދަކުރިއިރު މިމަންޒަރުތައް މުޅި ދުނިޔެއަށް ވަނީ ދޫކޮށްލާފައެވެ. މިއާއާއިކު ލަންކާއަށް ނުދާން އެތައް ޤައުމަކުން ވަނީ ބަޔާންވެސް ނެރެފައެވެ.

ރައީސްގެ ރަސްމީ ގެކޮޅުގައި ހުންނަ ޕޫލަގައި ބައެއް އާންމު ފަރާތްތަކުން ފަތަނީ

އެއްވި މީހުން ބޮޑުވަޒީރާއ، ރައީސްގެ ގެކޮޅު ބާރުގެ ދަށަށް ގެނައުމަށްފަހު ނިންމާލީކީ ނޫނެވެ. ބޮޑުވަޒީރު ރަނިލްގެ އަމިއްލަ ގެކޮޅުގައި ރޯވެސް ކޮށްލީއެވެ. މިހުރިހާ ކަމަކީވެސް ރައްޔިތުންގެ ކެކުޅުމާއި، އުދާސްތަކަށް އިޖާބަ ނުދިނުމުން ހިނގަދިޔަ ކަންތައްތަކެއްކަމަށް ލަންކާގެ ގިނަ ބަޔަކު ދެކެއެވެ.

ލަންކާއަށް އޮތީ ގޮންޖެހުން ބޮޑު ދުވަސްތަކެއް:

ލަންކާގެ ރައްޔިތުން ބޭނުންވާ ގޮތަށް ޤައުމުގެ ރައީސާއި، ބޮޑުވަޒީރު އިސްތިއުފާ ދިން ކަމުގައި ވީނަމަވެސް ލަންކާއަށް އޮތީ ފަސޭހަ ދުވަސްތަކެއް ނޫންކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. ޤައުމުގައި ޑޮލަރު ނެތުމާއި، ފައިސާގެ އަގު އިންތިހާއަށް ވެއްޓިފައި ވުމާއި، އެތެރޭގެ އިޤްތިޞާދީ ހަރަކާތްތައް ހުއްޓި ބޭރުންނާއި އެތެރެއިންވެސް އޮތް ގޮންޖެހުންތައް އިންތިހާއަށް ބޮޑެވެ.

ލަންކާގެ ހުރިހާ ވިސްނުމެއްގެ ބަޔަކު އެއްވެ އެއްބަވަންތަ ކަމުގެ ސަރުކާރަކާއިއެކު މަސައްކަތް ކުރިނަމަވެސް އޮތް އަނެއް ގޮންޖެހުމަކީ އިންޚާބެވެ. އެވަރުގެ ބޮޑު އިންތިޚާބެއް ބާއްވަން ބޭނުންވާ ފައިސާ ހުރެދާނެތޯވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ދުނިޔޭގެ މާލީ އިދާރާތަކުންވެސް ލަންކާ މިހާރު އޮތް ހާލަތުން އިންތިހާއަށް ކަންބޮޑުވުން ފާޅު ކުރަމުންދާއިރު މިއީ ލަންކާއަށް ކުރިއަށް އޮތް ދުވަސްތަކުގައު ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށްވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ