ލަންކާގެ ރައީސްގެ ރަސްމީ ގެކޮޅާއި ރިޔާސީ ސެކްރެޓޭރިއޭޓުގެ އޮފީހާއި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ޓެމްޕްލް ޓްރީސް ވެސް ވަނީ އާންމުންގެ ބާރުގެ ދަށަށް ގެނެސްފިއެވެ.
ލަންކާގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުން މިހާރު ގެންދަވަނީ ބޮޑުވަޒީރު ރަނިލް ވިކްރެމަސިންހާގެ އިސްނެންގެވުމަށް ބައްދަލުކުރައްވަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ހުރިހާ ޕާޓީތަކަކުން ވެސް އެދެނީ ރައީސް ވަގުތުން އިސްތިއުފާ ދެއްވުމަށެވެ.
Protestors surround Temple Trees.
Pic – Social Media#SriLanka #SriLankaProtests pic.twitter.com/RYFBNPWgjz
— Jamila Husain (@Jamz5251) July 9, 2022
މިއަދު ލަންކާގައިކުރާ ބޮޑު މުޒާހަރާގައި މުޒާހަރާ ކުރާ މީހުން ރައީސްގެ ގެކޮޅުގެ އެކި ތަންތަނަށް ވަދެ ފޮޓޯ ނަގައި ވީޑިއޯކޮށް އާންމުކުރަމުންދާއިރު ބައިނަލް އަގުވާމީ މަޝްރަހުގެ ސަމާލުކަމަށްވެސް ވަނީ މިކަން އައިސްފައެވެ. މިވަގުތު ރައީސް ހުންނެވިތަނެއް އެނގޭކަށް ނެތް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރައީސް އާއި ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށް އެދި އާންމުން ބޮޑު މުޒާހަރާތަކުގައި މަގުމައްޗަށް ނުކުމެފައިވަނީ އެގައުމަށް މިހާރު ކުރިމަތިވެފައިވާ ކާނާ އާއި އެ ނޫންވެސް ޒަރޫރީ ތަކެތީގެ ދަތިކަމާ ގުޅިގެންނެވެ. ޕާޓީގެ ލީޑަރުންގެ ބައްދަލުވުމުގެ ކުރިން ބޮޑުވަޒީރުގެ އޮފީހުން ބުނީ މިއަދު ޕާޓީގެ ލީޑަރުންގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުމަށް އިހުތިރާމް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.
Video – Protesters inside President's House in Colombo.pic.twitter.com/hadRlAa1Qk #LKA #SriLanka #SriLankaCrisis
— Sri Lanka Tweet
![]()
(@SriLankaTweet) July 9, 2022
މުޒާހަރާތަކުގައި އެތައްސަތޭކަ ބަޔަކު ބައިވެރިވަމުންދާއިރު، މުޒާހަރާ ކޮންޓްރޯލް ކުރުމަށް ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންވެސް ކޮށްފައިވެއެވެ. ނަމަވެސް ފަސް ހަސަފަށް އަތުރާލާފައި އޮތް ސަލާމަތީ ބާރުތަކުގެ ސަފުތައް ފޫއަޅުވައި ރައީސްގެ ގެކޮޅާއި ހަމަޔަށް މުޒާހަރާގެ ބައިވެރިން ގޮސްފައިވަނީ ބަރަށް ފަސޭހަކަމާއިއެކުއެވެ. މުޒާހަރާގެ ތެރެއިން ބައެއް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނާއިވެސް ގުޅިފައެވެ.
މުޒާހަރާތަކާއި ގުޅިގެން ލަންކާގައި ދަތުރުފަތު ކުރުމަށާއި، އާންމު އެކި ކަންކަންވެސް މިއަދު ވަނި ހުއްޓުމަކަށް އައިސްފައެވެ. މި މުޒާހާރާގައި އާންމު ރައްޔިތުންގެ އިތުރުން ގައުމުގެ ނަގާކިޔާ އެތައް ބަޔަކު ބައިވެރިވެއެވެ. އޭގެ ތެރޭގައި ސިޔާސީ ބޭފުޅުންނާއި ދީނީ ލީޑަރުންނާއި ހައްގުތަކަށް ވަކާލާތުކުރާ އިސް އެކްޓިވިސްޓުން ވެސް ހިމެނެއެވެ.