މުހައްމަދު އިސްމާއިލްގެ ބަންދަށް އިތުރު އެއްމަސް ދުވަސް!

މުހައްމަދު އިސްމާއިލްގެ ބަންދަށް އިތުރު އެއްމަސް ދުވަސް!

Author
މުޙައްމަދު ޝަޒައިމް
07 ޖުލައި 2022 02:46
0

ބައިނަލް އަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގި މައްސަލައިގެ ތުހުމަތުގައި، ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލްގެ ބަންދަށް އިތުރު 30 ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ.

މިދިޔަމަހުގެ 21 ވަނަ ދުވަހު ހިނގި ހަމަނުޖެހުމާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ މުގައްރިރު އަދި ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހައްޔަރުކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.

އޭނާގެ ބަންދަށް މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ފަހަރު ކޯޓުން ދީފައިވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތެކެވެ. އަދި އެ މުއްދަތު ހަމަވުމުން ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަމަހުގެ 28 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ އިތުރު 9 ދުވަސް ދީފައެވެ. އަދި އެ މުއްދަތު ހަމަވެގެން ކޯޓަށް ގެންދިއުމުން މިއަދު ވަނީ އިތުރު 30 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލާގައި ޕީޕީއެމްއިން ވަނީ އޭނާ ވަގުތުން ދޫކޮށްލައި، ޔޫގާ ހަމަ ނުޖެހުމާއި ހައްޔަރު ކުރި މީހުން ދޫކޮށްލުމަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.