މަސްދަރު ހާމަކުރުން މަޖުބޫރުކުރުމާ ދެކޮޅަށް ސޮއިކުރި ޕެޓިޝަން ރައީސް އޮފީހަށް ހުށައަޅައިފި

މަސްދަރު ހާމަކުރުން މަޖުބޫރުކުރުމާ ދެކޮޅަށް ސޮއިކުރި ޕެޓިޝަން ރައީސް އޮފީހަށް ހުށައަޅައިފި

Author
މުޙައްމަދު ޖިމީ
07 ޖުލައި 2022 10:36
0

ރައްޔިތުންގެ މަޖިލިހުން ފާއިތުވެދިޔަ ހަފްތާގައި ފާސްކޮށްފައިވާ ހެއްކާބެހޭ ބިލުގައި މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތަށް ބިލު ހިމަނާގައިވާ މާއްދާއާއި ދެކޮޅަށް، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން އިސްނަގައިގެން ސޮއިކުރި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށައަޅައިފިއެވެ. މި ޕެޓިޝަންގައި 140އަށްވުރެ ގިނަ ނޫސްވެރިން ސޮއިކޮށްފައިވެއެވެ.

މި ޕެޓިޝަންގައި ރާއްޖޭގެ ހުރިހާ މީޑިއާއަކުންވެސް ސޮއިކޮށްފައިވެއެވެ.

އެމްޖޭއޭއިން ބުނެފައިވަނީ، މަޖިލީހުން ފާސްކޮށްފައިވާ ހެއްލާބެހޭ ބިލިގެ 136ވަނަ މާއްދާގައި، ކޯޓުން ބޭނުންވެއްޖެ ހާލަތެއްގައި މަސްދަރު ހާމަކުރަންޖެހޭ ގޮތަށް އެބިލުގައި ހިމަނާފައި އޮތުމަކީ ނޫސްވެރިންގެ ކަންބޮޑުވުން އޮތް ކަމެއް ކަމުގައެވެ. މި މިގޮތަށް މި މާއްދާ ފަރުމާ ކޮށްފައި އޮތުމަކީ ނުފުޒާއި ބާރުހުރި ފަރާތްތަކަށް އެކަމުގެ ނާޖާއިޒް ފާއިދާ ނަގަން ހުޅުވާލެވޭ ދޮރެއްކަމަށް އެޖަމިއްޔާއިން ދެކޭކަމަށްވެސް ބުނެފައި ވެއެވެ.

އެމްޖޭއޭއިން އިން ބުނެފައިވަނީ، މީގެ އިތުުރުން މި މާއްދާގެ ސަބަބުން، މަސްދަރުވެސް ނުރައްކަލަށް ހުށެހެޅިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށާއި، މީގެ ސަބަބުން ސިވިލް ބްލޯވަރުން ނޫސްވެރިންނަށް މައުލޫމާތު ދޭން ފަސްޖެހޭނެ ކަމުގައެވެ. އަދި މީގެ ސަބަބުން އާންމުންގެ މަސްލަހަތާއި ގުޅުންހުރި އެރައް މައްސަލައެއް މުޖުތަމަޢާއި ހަމައަށް ފޯރުކޮށް ދިނުމަށް އެތައް ހުރަހެއް އެޅިގެންދާނެ ކަމުގައިވެސް އެމްޖޭއޭއިން ހާމަ ކޮށްފައި ވެއެވެ.

އެމްޖޭއިން ސޮއި ކުރަމުންދާ ޕެޓިޝަންގެ މަގުސަދެއްކަމުގައި އެޖަމިއްޔާއިން ބުނެފައިވަނީ، ހެއްކާބެހޭ ބިލުގެ 136ވަނަ މާއްދާ އާއި ގުޅޭގޮތުން ނޫސްވެރިންގެ މެދުގައި އޮތް ކަންބޮޑުވުން ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ހަމައަށް ފޯރުކޮށް ދިނުމެވެ.

ސަރިކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ އެ ބިލު ފާސްވީ 50 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފާސްކުރަން ނުފެންނަކަމަށް 5 މެންބަރު އަދި ވަކިކޮޅަކަށް ވޯޓު ދޭން ނުފެންނަކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ.

ހެއްކާއި ބެހޭ ބިލު ފާސްކޮށްފައިވަނީ އެ ބިލުގައި ނޫސްވެރިން ލިޔާ ޚަބަރުތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާއެއް އޮތުމުން، އެކަމާއި ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. އެގޮތުން މި ބިލް ފާސްކުރިދުވަހު މަޖިލިސް ކައިރިއަށް ބައެއް ނޫސްވެރިން އެއްވެ އެކަމުގެ އަޑު އުފުލާފައިވެއެވެ. އެ ނޫސްވެރިންނާއި ބައްދަލުކުރައްވާ މަޖިލީހުގެ ރައީސް ނަޝީދު ވަނީ އެ ބިލު ފާސްކުރިނަމަވެސް، ފަހުން އެ ބިލު އިސްލާހުކުރެވިދާނެކަމަށް ވިދާޅުވެ ބިލު ދިފާޢު ކުރައްވާފައެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅި ހެއްކާއި ބެހޭ ބިލުގައި  136 ވަނަ މާއްދާގައި ނޫސްވެރިން ލިޔާ ހަބަރުތަކަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭނެ ހާލަތްތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެ މާއްދާގެ (ހ) ގައިވާ ބަޔާންކުރަނީ، ނޫސްވެރިއަކަށް ވަކި މައުލޫމާތެއް ދިންމީހާ އެ މައުލޫމާތު ދިނީ އޭނާ އަކީ ކާކުކަން ހާމަނުކުރާނެކަމަށް އެނޫސްވެރިޔާއަށް ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައި ވާނަމަ، އެ މައުލޫމާތު ދިން މީހާ އަކީ ކާކުކަން އަންގައިދޭނެ ނުވަތަ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތަށް ހާމަކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރެއް ނުކުރެވޭނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.