އޯޕެކްގެ ސެކެޓްރީ ޖެނެރަލް އަވަހާރަ ވެއްޖެ

އޯޕެކްގެ ސެކެޓްރީ ޖެނެރަލް އަވަހާރަ ވެއްޖެ

Author
ހުސެއިން
06 ޖުލައި 2022 03:05
0

ދުނިޔޭގެ ތެޔޮ އުފައްދާ ގައުމުތަކުގެ މެދުގައި އުފައްދާފައިވާ ޖަމިއްޔާ، އޯޕެކް OPECގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ބާކިންޑޯ އަވަހާރަ ވެއްޖެކަމަށް، ނައިޖީރިއަން ނޭޝަނަލް ޕެޓްރޯލިއަމް ކޯޕް (NNPC) އިން އަންގާރަ ދުވަހު ވިދާޅު ވެއްޖެއެވެ.

އުމުންރުން 63 އަހަރުގެ ބާކިންޑޯއަކީ ތެލުގެ އިންޑަސްޓްރީގައި ދިގު ޒަމާންތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ދުނިޔޭ ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމިއްޔާ، އޯގަނިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (OPEC)ގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި 6 އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވުމަށް އޭނާ މަގާމުން ދުރަށް ޖެހިވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަސް ނިމުމާއެކުއެވެ.

ބާކިންޑޯގެ ވަކިވެ ދިއުމަކީ "އޭނާގެ އާއިލާއަށާއި، ނައިޖީރިއަން ނޭޝަނަލް ޕެޓްރޯލިއަމް ކޯޕް (NNPC)ގެ އިތުރުން އޯގަނިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (OPEC)އަށްވެސް ލިބުނު ފޫ ނުބެއްދޭވަރުގެ ގެއްލުމެއް،" NNPCގެ ސީއީއޯ މެލޭ ކިޔާރި ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ކިޔާރި ވިދާޅުވި ގޮތުގައި ބާކިންޑޯ އަވަހާރަ ވެފައިވަނީ، އޭނާ ނައިޖިރިއާގެ ރައީސް މުހައްމަދު ބުހާރީއާއި ބައްދަލު ބައްދަލު ކުރެެއްވުމަށްފަހު، އަބޫޖާގައި އޮތް އެނާރޖީ ސަމިޓްގައި ތަގުރީރު ކުރެއްވިތާ މަދު ގަޑިއިރެއްގެ ތެރޭގައި ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.