އަމާނީ މާލެއައީ ޑޮކްޓަރަށް ދައްކަން، ކާރު ދަތުރުވީ ފަހުދަތުރަށް!

އަމާނީ މާލެއައީ ޑޮކްޓަރަށް ދައްކަން، ކާރު ދަތުރުވީ ފަހުދަތުރަށް!

Author
މުޙައްމަދު ޝަޒައިމް
05 ޖުލައި 2022 10:17
0

ބޮޑުތަކުރުފާނު މަގުން ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލްނުވެގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި މަރިޔަމް އަމާނީ ރަޝީދު މާލެއަކީ ޑިކޮޓްރަށް ދެއްކުމަށެވެ.

އެކުވެނި ޓްރެކް ސަރަހައްދުގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް އެހެން ކާރެއްގައި ޖެހި އަދި އޭގެފަހުން ބަހެއްގައި ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އުމުރުން 23 އަހަރުގެ އަމާނީ ނިޔާވީ ފަރުވާ ދެމުން ގެންދަނިކޮށެވެ. މަރިޔަމް އަމާނީ ރަޝީދަކީ ގއ.މާމެންދުއަށް ނިސްބަތްވާ ޒުވާނެކެވެ.

އަމާނީއަކީ މާމެންދުއަށް އުފަން މީހެއް ނަމަވެސް އަމާނީ ދިރިއުޅެމުން ދިޔައީ ބ. ތުޅާދޫގައި އޭނާގެ އާއިލާ ބައެއް ކައިރީގައެވެ. މާލެއައީ ކުރު ދަތުރެއްގައި ޑޮކްޓަރަށް ދައްކާލުމަށެވެ. އެނބުރި ތުޅާދޫއަށް ދިއުމަށް އަމާނީ ނިންމާފައިވަނީ މާދަމައެވެ. މާލެ އާދެވުމުން ރައްޓިހިންނާއި ބައްދަލުކޮށްލައި ވަގުތު ހޭދަކޮށްލުމަށް އިއްޔެ ހަވީރު އަމާނީ ދިޔައީ ކާރުބުރެއް ޖަހާލުމަށެވެ.

ކޮންމެވެސް ވަރަކަށް ވާރޭވެސް ވެހެމުންދިޔަ ވަގުތެއްގައި އަމާނީއާއި އެކުވެރިން ދުއްވާފައިދިޔަ ދަތުރަކީ އަމާނީގެ ފަހުދަތުރެވެ. ހިނގަދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި އަމާނީ އިންކާރު ވަނީ އެމްޓީސީސީގެ ބަހެއްގައި ޖެހި ފުޑުފުޑު ވެފައެވެ. އަދި ކާރުގައި ތިބި އެކުވެރިންނާއިއެކު އަމާނީއަށްވެސް ދިޔައީ އަވަސް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މާގިނަ އިރުތަކެއް ނުވަނީސް އަމާނީ ވަނީ ނިޔާވެފައެވެ.

އަމާނީގެ ކޮނޑާއި ކަނދުރާ ބިންދައިގެން ގޮސްފައިވާއިރު، ވާތް ފަރާތުން ބޮލުގެ ނާށިގަނޑަށާއި ލޮލަށް ވެސް އެތައް ގެއްލުމެއް ލިބިފައިވެއެވެ. ހަމައެއާއެކު ކާކުކަން ވަކިކުރަން ނޭނގޭ ވަރަށް އޭނާގެ މޫނު ވަނީ ދުޅަވެފައެވެ.

މިހާދިސާގައި އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދަނީ 4 މީހަކަށެވެ. އެ 4 މީހުންގެ ހާލުވެސް ސީރިއަށްކަމަށް މައުލޫމާތު ލިބިފައިވެއެވެ. ހަތަރު މީހުންގެ ތެރެއިން ތިން މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ. އަދި އެކަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ. ފުލުހުން ވިދާޅުވީ މިހާތަނަށް ބެލިބެލުމުން މި އެކްސިޑެންޓު ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގުން އެކުވެނި ކައިރިން ދުއްވާފައި ދިޔަ ކާރެއް އެމަގުން ދުއްވާފައި ދިޔަ އެހެން ކާރެއްގައި ޖެހި، ކޮންޓްރޯލް ނުވެ ގޮސް، އެމަގުން ދުއްވާފައި ދިޔަ ބަހުގައި ޖެހިގެނެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުޤީޤް ކުރަމުންދާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.