ސްރީ ލަންކާއަށް ދަތުރުކުރާ އެއަރލައިންތަކުން އެނބުރިދުމަށް ވާވަރަށް ތެޔޮ އަޅައިގެން އައުމަށް އަންގައިފި

ސްރީ ލަންކާއަށް ދަތުރުކުރާ އެއަރލައިންތަކުން އެނބުރިދުމަށް ވާވަރަށް ތެޔޮ އަޅައިގެން އައުމަށް އަންގައިފި

ގުޅުންހުރި

ސްރީ ލަންކާއަށް ދަތުރުކުރާ އެއަރލައިންތަކުން، އެބުރި ދިއުމަށް ބޭނުންވާ ވަރަށް ތެޔޮ އަޅައިގެން އައުމަށް، ސްރީ ލަންކާގެ އެއަރޕޯޓްސް އެންޑް އޭވިއޭޝަން ސާވިސެސްގެ ޗެއަރމަން، ރިޓަރޔަރޑް މާޖަރ ޖެނެރަލް ޖީއޭ ޗަންދްރަސަރި އަންގަވައިފިއެވެ.

ޗަންދްރަސަރިއާއި ހަވާލާދީ ސްރީ ލަންކާގެ ލޯކަލް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މިހާރުވެސް ދުވާލަކަށް 105 ފްލައިޓް ސްރީ ލަންކާއަށް ޖައްސާ ފުރަމުން ދެއެވެ.

ޗަންދްރަސަރި ވިދާޅުވެފައިވާ ގޮތުގައި، ސްރީ ލަންކާއަށް އަންނަ ފްލައިޓްތަކުން އެބުރި ދިއުމަށް ބޭނުންވާ ވަރަށް ތެޔޮ އަޅައިގެން އައުމަށް އަންގާފައިވަނީ، އެގައުމަށް ކުރިމަތިވެފައިވާ، ތެޔޮ ލިބުން ދަތިވުމުގެ މައްސަލައަށް އަދިވެސް ހައްލެއް ލިބިގެން ގޮސްފައި ނުވާތީއެވެ. އަދި އޭނާ ވިދާޅުވެފައި ވާގޮތުގައި، އެގައުމަށް ކުރިމަތި ވެފައިވާ އިގްތިސާދީ ކާރިސާގެ ސަބަބުން ސްރީ ލަންކާއަށް ދަތުރުކުރާ ފްލައިޓްތަކަށް ޚިދުމަތް ދިނުމަށް ތިބޭ މުވައްޒަފުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑުތަނުން މަދު ވެފައެވެ.

ސްރީ ލަންކާއަށް ކުރިމަތި ވެފައިވާ އިގްތިސާދީ ކާރިސާއަށް ހައްލު ނުހޯދި، ހާލަތު ގޯހުން ގޯހަށް ދަތުރުކޮށް، ގައުމުގެ ބޭރު ފައިސާގެ ރިޒާވް ނުރައްކާތެރި މިންވަރަކަށް ދަށަށްގޮސް، ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކާ ފައިސާ ޗާޕުކުރަން މަޖުބޫރުވެ، ތަކެއްޗާއި އާންމު ޚިދުމަތުގެ އަގު އިންތިހާއަށް މަތިވެ، ގައުމަށް އެތެރެ ކުރަންޖެހޭ އަސާސީ ކާބޯތަކެއްޗާއި، ތެލާއި ބޭހަށް ފައިސާ ދެއްކޭނެ ގޮތެއްނެތި، އެގައުމުވަނީ ބަގުރޫޓު ވުމާއި ކައިރި ވެފައެވެ.

ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއަކީ، 1948ވަނަ އަހަރު އެގައުމަށް މިނިވަަންކަން ލިބުނުފަހުން އެގައުމު ވެއްޓިފައިވަ އިގްތިސާދީ އެންމެ ބޮޑު ވަޅުގަޑެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ