ހެވާއިނުބައި ނޭގޭކަމަށްބުނެ ޢަލަމްގިރި މަޢާފަށްއެދި، ތަޢުބާވެއްޖެ!

ހެވާއިނުބައި ނޭގޭކަމަށްބުނެ ޢަލަމްގިރި މަޢާފަށްއެދި، ތަޢުބާވެއްޖެ!

Author
މުޙައްމަދު ޝަޒައިމް
01 ޖުލައި 2022 10:49
0

ސިޔާސީގޮތުން ހައިޕްރޮފައިލް ބޭބޭފުޅުންނާ އެކު އެއްޖިއްސުން ގުޅުންހިއްގައި، ވީޑިއޯކުރި މައްސަލައިގައި ބަންގްލަދޭޝްގެ އަލަމްގިރި ތައުބާގެ ރައްޔިތުންގެ ކިބައިން މައާފަށްއެދިއްޖެއެވެ.

އޭނާ ވަނީ އޭނާއަށް ކުރެވުނު ކުށަށް ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދި ވީޑިއޯއެއް އާއްމުކޮށްފައެވެ. ވީޑިއޯގައި އޭނާ ބުނަނީ އޭނާ އަކީ ވަރަށް ފަގީރު މީހެއްކަމަށާއި ހެވާއި ނުބައި ނޭނގޭކަމަށެވެ. ނަމަވެސް އޭނާ މިހާރު ތައުބާ ވެފައިވާކަމަށާއި ދިވެހިންގެ އޭނާ އަށް މާފުކޮށްދިނުމަށް އެދޭކަމަށެވެ. "އަހަރެން ތައުބާ ވެއްޖައިން. މި ރާއްޖޭ ހުރިހާ މީހުން އަހަރެން މާފު ކޮށްދީބަލަ" އޭނާ ބުންޏެވެ.

މިދިޔަ ހުކުރު ދުވަހުން ފަށައިގެން މީސްމީޑިއާގައި މިވަނީ އިއްޒަތްތެރި ބައެއް ބޭބޭފުޅުން، ބަދުއަޚުލާޤީ ޢަމަލުހިންގާ މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯ އާއްމުކުރަން ފަށާފައެވެ.

އެގޮތުން މިދިޔަ ހުކުރު ދުވަހަށް އިރު އެރީ ބިދޭސީ ފިރިހެނަކާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު، އަދި ޤާނޫނީ ވަކީލް އަޙްމަދު ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހަކު، އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަނިކޮށެވެ.

އޭގެފަހުން ވެސް މީހުން ދަންނަ ބައެއް މީހުން އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯ އާއި އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)ގެ ބަރަހަނާ ފޮޓޯއެއް ލީކްވެފައި ވެއެވެ. ނަމަވެސް މިހުރިހާ ވީޑިއޯތަކާއި އަލަމްގިރި އާއި ގުޅުމެއް އޮތްކަމެއް ނުވަތަ ނޫންކަމެއް ވެސް އަދި ކަށަވަރެއް ނުވެއެވެ.

އަލަމްގިރި އެއްޖިންސުން ގުޅުން ހިންގައި ވީޑިއޯކުރި 43 މީހަކު ފުލުހުންނަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެއެވެ. އަލަމްގިރި އާއިއެކު އެއްޖިންސުން ގުޅުން ހިންގި މީހުން ބްލެކްމެއިލް ކުރާ މައްސަލަ މިދިޔަ މާޗް މަހުން ފެށިގެން ފުލުހުން އަންނަނީ ތަހްގީގު ކުރަމުންނެވެ.

ފުލުހުން ބުނީ މިދިޔަ މާޗު މަހުގެ ފަހުކޮޅުން ފަށައިގެން ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުން އަންނަކަން އެ މުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން ކުރާ ބައެއް މީހުން ދެނެގަނެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.