އެއްޖިންސުން ގުޅުން ހިންގުމަކީ ހައްދުފަހަނަ އެޅުން: ޒައިދު

އެއްޖިންސުން ގުޅުން ހިންގުމަކީ ހައްދުފަހަނަ އެޅުން: ޒައިދު

Author
މުޙައްމަދު ޝަޒައިމް
26 ޖޫން 2022 12:09
0

އެއްޖިންސުން ގުޅުން ހިންގުމަކީ އަސްލު ހައްދު ފަހަނަ އެޅުން ކަމުގައި ދީނީ ޢިލްމުވެރިޔާ ޝައިޅު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚު ޒައިދު މިހެން ވިދާޅުވީ ދީނީ ގޮތުން ހަރަކާތްތެރިވާ ގިނަ ބޭފުޅުންނަކީ ހައްދު ފަހަނައަޅާފައިވާ ބައެއް ކަމަށްބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކާ ދަނޑިވަޅެއްގައެވެ. ޒައިދު ވިދާޅުވީ އެކްޓްރީމިޒަމް އަކީ ކޮބައިކަން ދިވެހި ރައްޔިތުންނަށް މިއަދު ސާފުވާނެކަމަށެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ އިސްބައެއް ބޭފުޅުންނާއި ބައެއް އެހެން ފަރާތްތައް އެއްޖިއްސުން ގުޅުންހިންގާ ވީޑިއޯއާއި ފޮޓޯ ދަނީ އާންމު ވަމުންނެވެ. ޝައިޚު ޒައިދު ވިދާޅުވީ އާންމުވަމުންދާ ހަނޑި މުދާރު އަމަލުތަކަކީ އެކަންކަން ބަލައި ފިޔަވަޅު އަޅަންޖެހޭ ކަންތައްތަކެއް ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގުމަކީ އެކްސްޓްރީމިޒަމް އިނގޭތޯ! އެއީ ހައްދު ފަހަނަ އެޅުން! ވީޑިއޯއަކީ ވަރަށް ވަރުގަދަ ގަރީނާއެއް! މީގެ މައްޗަށް ބިނާކޮށް ވަރުގަދަ ތައުޒީރު އަދަބެއް ހާކިމާ އެބައިމީހުންނަށް ދެއްވިދާނެ! ހައްޔަރުވެސް ކުރެވިދާނެ! ރައްޔިތުންގެ އަޑު އައްސަވާ! ނަޖިސް ވަބާ ކޮންޓްރޯލް ކުރައްވާ!

– ޝައިޚު ޒައިދު ވިދާޅުވިއެވެ.

މި އަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ހަރަކާތް ބޭއްވީ، ޔޯގާ ހެދުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމަކަށް ވާތީ، އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތައް ނެގެހެއްޓުމަށްޓަކައި ޔޯގާ ފަދަ ހަރަކާތްތައް ބާއްވާ މީހުން ދެނެގަނެ އެކަށީގެންވާ ފިޔަވަޅުތައް އަޅަން އިސްލާމިކް މިނިސްޓްރީން މާ ކުރިން ފުލުހުންނަށް ސިޓީއަކުން އަންގާފައި ވަނިކޮށެވެ. އެކަމަކު ޔޯގާ ހަރަކާތް ހުއްޓުވަން ފުލުހުން އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.

މި މަހުގެ 15 ގައި ސީޕީ ހަމީދަށް ފޮނުވި އެ ސިޓީގައި އިސްލާމިކް މިނިސްޓްރީން ބުނީ، މެޑިޓޭޓު ކުރަން ނުވަތަ ކަސްރަތެއްގެ ގޮތުގައި ރާއްޖޭގައި ތަފާތު ބައްޔަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ހަދަމުންދާ ކަމަށާއި އެއީ މުސްލިމުންގެ މައްޗަށް ހަރާމް ކޮށްފައިވާ ކުޅިވަރެއް ކަމަށް މިސްރާއި މެލޭޝިއާގެ ފަތުވާ ދޭ މަޖިލީހުން ފަތުވާ ނެރެފައިވާ ކަމަށެވެ. މެޑިޓޭޝަނަކީ ހިންދޫ އަޅުކަމެއް ކަމުގައިވާ ޔޯގާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީގެ ސިޓީ އާ ގުޅިގެން ފުލުހުން ވެސް މާ ބޮޑު ފިޔަވަޅެއް އަޅާފައި ނުވާ އިރު ޔޯގާ ހަރަކާތް ހުއްޓުވުމަށް އެ މުއައްސަސާގެ އިހުމާލު އޮތް ކަމަށް ވެސް ތުހުމަތު ކުރެއެވެ. އެކަމާ ގުޅޭ ވަކި ތަހުގީގެއް ވެސް އެބަ ކުރިޔަށް ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.