މުސުން ގޯސްވެ ބައެއް ސަރަހައްދު ތަކަށް ހުދު ސަމާލު ނެރެފި

މުސުން ގޯސްވެ ބައެއް ސަރަހައްދު ތަކަށް ހުދު ސަމާލު ނެރެފި

Author
ހުސެއިން
25 ޖޫން 2022 09:49
0

މޫސުން ގޯސްވެ ކ. އަތިޅުން ފެށިގެން ފ. އަތިޅާއި ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ހުދު ސަމާލު ނެރެފައިވަނީ، މިއަދު 9:45 އިން ފެށިގެން މެންދުރު ފަހު 15:30 އާ ހަމައަށެވެ.

މެޓް އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއި ގުގުރުން އެކަށީގެންވެއެވެ. އަދި ކޮޅި ގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ. މީގެ އިތުރުން ކަނޑުތައްވެސް އާންމު ގޮތެއްގައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާ ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.