މުޙައްމަދު އިސްމާޢީލާއި، ރައްޒާން ވަނީ ފްރޭމް ކޮށްފަ: ޕީޕީއެމް

މުޙައްމަދު އިސްމާޢީލާއި، ރައްޒާން ވަނީ ފްރޭމް ކޮށްފަ: ޕީޕީއެމް

Author
މުޙައްމަދު ޝަޒައިމް
24 ޖޫން 2022 10:52
0

ޕީ.ޕީ.އެމް ގެ ކައުންސިލް މެންބަރުން ކަމަށްވާ މުޙައްމަދު އިސްމާޢީލާއި އިބްރާހީމް ރައްޒާން ވަނީ ފްރޭމް ކޮށްފަ ކަމަށް އިދިކޮޅު ޕީޕީއެމްއިން ބުނެފިއެވެ.

އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތުގެ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކޮށްފައިވަ މުހައްމަދު އިސްމާއިލާއި، ރައްޒާން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލައި ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕީ.ޕީ.އެމް ގެ ކައުންސިލް މެންބަރު އަދި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް އާއި ޕީ.ޕީ.އެމް ކައުންސިލް މެންބަރު އިބްރާހީމް ރައްޒާން (ޓަކީ) ކޯޓު ޢަމުރެއްގެ ދަށުން ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވަނީ ޙަޤީޤަތާއި ޚިލާފު ދޮގު ތުހުމަތުތަކެއްގައިކަމަށެވެ.

އަންގާރަ ދުވަހު ގަލޮލު ދަނޑުގައި ހިނގި ހަމަނުޖެހުމަކީ އެކޯލިޝަންގެ މެންބަރުންނާއި އެއްވެސް ގުޅުމެއް އޮތް ޙަރަކާތަކަށް ނުވާއިރު، ސަރުކާރުން އެކަން ސިޔާސީކުރުމުގެ ބޭނުމުގައި އެކޯލިޝަންގެ މެންބަރުން ފްރޭމްކުރުމަކީ ވަރަށްވެސް ނާތަހުޒީބު ޢަމަލެއްކަމަށް ވަނީ ބުނެފައެވެ.

އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ޕީ.ޕީ.އެމް ގެ ކައުންސިލް މެންބަރުން ކަމަށްވާ މުޙައްމަދު އިސްމާޢީލާއި އިބްރާހީމް ރައްޒާން މިހާރުން މިހާރަށް ދޫކޮށްލުމަށް އެޕާޓީން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުންވެސް، ކުށެއް ނެތް ދީނީ ޢިލްމުވެރިން އެމީހުންގެ އަނބިންނާއި ދަރިން ކުރިމަތީ އަނިޔާވެރިކަމާއިއެކު ބުލީކޮށް ހައްޔަރު ކުރަމުން ގެންދާ ގެންދިއުންވެސް ބަލައެއް ނުގަނެވޭކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ. ޔޯގާ ހަމަނުޖެހުމުގެ ހާދިސާ އާއި ގުޅުވައިގެން ހައްޔަރު ކޮށްފައިވާ ކުށެއް ނެތް އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށްވެސް ޕީޕީއެމް ވަނީ ގޮވާލާފައެވެ.

ޖޫން 21 ގައި ހަމަނުޖެހުން ހިނގަން މެދުވެރިވެފައިވަނީ، ސަރުކާރުގެ ކަމާ ބެހޭ މުއައްސާސާ ތަކުން ގަސްތުގައި އެފަރާތްތަކުގެ ޒިންމާ އަދާ ނުކުރުމުން ކަމަށް ވަރަށް ބޮޑަށް ފެންނާން އޮތުމާއެކު، އެކަމުގެ ފުރިހަމަ ތަޙުޤީޤެއް ހިންގާ އެކަމުގެ ޒިންމާ ނަގަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްވެސް ޕީޕީއެމްއިން ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.