ހއ.އިހަވަންދޫ ބަނދަރު މަޝްރޫޢު ނިމުމަކާއި ގަތްވެފައިވާކަމަށް ކޮންޓެކްޓަރ އެމްޓީސީސީ އިން ބުނެފިއެވެ.
އެކުންފުނިން ބުނީ އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 92 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ލައިޓް ޕޯސްޓް ހަރުކުރުމުގެ މަސައްކަތާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށާފައިވާކަަމަށްވެސް އެމްޓީސީސީން ބުންޏެވެ.
ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 92 ޕަސެންޓް ނިމިއްޖެ. އަދި ލައިޓް ޕޯސްޓް ހަރުކުރުމުގެ މަސައްކަތާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ފަށާފައި. #MTCCProjects #RayyithungeKunfuni pic.twitter.com/J48ffZZv7r
— MTCC Plc (@MTCCPlc) June 23, 2022
އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފަށާފައިވަނީ 2019ވަނަ އަހަރުއެވެ. މިމަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. މިމަޝްރޫޢުގެ ދަށުން 30509 އަކަމީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ އިތުރުން 4،582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމަށްވަނީ ހަމަޖެހިފައެވެ.
މިމަޝްރޫއަކީ 48.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ކޮމެންޓު ފޮނުވާ