ފުލު ފުލު ގައި ޝީލްޕާގެ ފިލްތަށް ވެސް ފްލޮޕް

ފުލު ފުލު ގައި ޝީލްޕާގެ ފިލްތަށް ވެސް ފްލޮޕް

ބޮލީވުޑްގެ ކުރީގެ ބަތަލާ ޝިލްޕާ ޝެޓީއަކީ ކާމިޔާބު އެތަށް ފިލްމްތަކެއް ކުޅެފައިވާ ތަރިއެވެ. ވަރަށް ފިޓް ތަރިއެއްގެ ގޮތުގައި މަޝްހޫރު އެކްޓްރެސް 14 އަހަރު ފަހުން އެބުރި ބޮޑު ސްކްރީން އައި ދެފިލްމުވެސް ވަނީ ފްލޮޕްވެފައިއެވެ.

1993 ގައި "ބާޒީގަރް" އިން ބޮލީވުޑް އަށް ތައާރަފްވި ބަތަލާ ގެ އެންމެ ކާމިޔާބު އެއް ފިލްމް އަކީ 2000 ވަނަ އަހަރުގެ "ދަޅުކަން"އެވެ.

ކައިވެންޏަސް ފަހު ބޮލީވުޑްއާއި ދުރުގައި ހުރުމަށްފަހު އެބުރި އައިސް ޝިލްޕާ ކުޅު ދެފިލްމްވެސް ދިއައީ ފަނުފުލުންނެވެ. ކޫރިގެ ޖާދޫ އެއްވެސް ފިލްމް އަކުން ޝިލްޕާ އަށް ދައްކައިއެއް ނުލެވުނެއެވެ.

އެގޮތުން މިދިއަ އަހަރު ޖުލައި މަހުގައި އޭނާ އެނބުރި އައުން ފާހަގަ ކުރި ފިލްްމަކީ ހެއްވާ މަޖާ ފިލްމް "ހަންގާމާ 2″ އެވެ. ނަމަވެސް ފިލްމް ބަލަން ވަންނާނެ މިހަކު ނުވެ ފިލްމް ގައި ފްލޮޕް ބޯޑު އެޅުވުމަށްފަހު ސިނަމާތަކުން ނެގީއެވެ.

އެފިލްމަށް ފަހު އޭނާގެ ފިލްމް އެއް ރިލިޒް ވީ މިއަހަރުގައިއެވެ. މިމަހުގެ 17 ގައި ރިލީޒް ކުރި "ނިކަންމާ" އަށް ލިބުނީ ހަމަ ފުރަތަމަ ފިލްމް އަށް ވެސް ލިބުން ފަދަ ފިނި ތަރުހީބެކެވެ. މި ފިލްމްގައި ޝިލްޕާ ޝެޓީގެ އިތުރުން ކުރީގެ ބަތަލާ ބަގިޔަޝްރީގެ ދަރިފުޅު އަބިމަންޔޫ ދެސާނީ އާއި ޝްރްލީން ސޭޓީއާވެސް ފެނިގެން ދިއައެވެ.

ޝިލްޕާ މިހާރުވެސް އަންނަނީ ދެ ޕްރޮޖެކްޓެއްގެ މަސައްކަތްކުރަމުންނެވެ. އެއީ "ސުކީ" ކިޔާ ފިލްމަކާއި ރޯހިތު ޝެޓީ ހަދާ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" އެވެ.

ފިލްމަށް އެނބުރި އައިސް ޖާދޫ ނުދެއްކުން ކަމުގައިވިޔަސް ދެކުދިންގެ މަންމަ އަންނީ ރިއަލިޓީ ޝޯވ ތައް ޖަޖްކަން ކޮށްގެން ބެލުންތެރިންގެ މަގުބޫލު ކަން ހޯދަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *