މެކްރޮންއަށް ފްރާންސްގެ ގާނޫނުހަދާ މަޖިލިހުގެ މެޖޯރިޓީ ގެއްލިއްޖެ

މެކްރޮންއަށް ފްރާންސްގެ ގާނޫނުހަދާ މަޖިލިހުގެ މެޖޯރިޓީ ގެއްލިއްޖެ

ގުޅުންހުރި

ފްރާންސްގެ ރައީސްކަން ދެވަނަ ދައުރަކަށް ކާމިޔާބު ކުރެއްވިތާ ދެމަސްވެސް ނުވަނީސް އެގައުމުގައި ބޭއްވިގެންދިޔަ ޕާލަމެންޓްރީ އިންތިޚާބުގައި، ފްރެންޗް ނޭޝަނަލް އެސެމްބްލީގެ މެޖޯރިޓީ އެގައުމުގެ ރައީސް އެމަނުލް މެކްރޮންއަށް ގެއްލިއްޖެއެވެ. މިއިންތިޚާބުގައި ގިނަ ގޮނޑިތައް ކާމިޔާބު ކޮށްފައިވަނީ ވާތުފިޔައި އިއްތިހާދުންނާއި އަދި ކަނާތުފިޔައި ކެނޑިޑޭޓުންނެވެ.

މި އިންތިޚާބުގެ ކެމްޕޭނުގައި މެކްރޮންވަނީ އޭނާއަށް ގާނޫނުހަދާ މަޖިލިހުގެ މެޖޯރިޓީ ދިނުމަށް އެދިވަޑައިގެންފައެވެ.

އެހެންނަމަވެސް، މެކްރޮންގެ މެދުމިނަށް ތާއީދުކުރާ ޕާޓީތަކުގެ ކޯލިޝަނަށް ގިނަ ގޮނޑިތަކެއް ގެއްލިގެން ދިއުމާއެކު، ފްރާންސްގެ ސިޔާސީ މަސްރަހު އިތުރަށް ބައިބައި ވެގެންދާނެކަމަށް މިހާރުވަނި ބެލެވިފައެވެ.

އަދި މެކްރޮން ދާދިފަހުން އައްޔަން ކޮށްފައިވާ ބޮޑުވަޒީރު އެލިޒަބަތު ބޯން ވިދާޅުވެފައިވަނީ، ހާލަތު އޮތީ ކުރިން ހީވެސް ކުރިގޮތަކަށް ނޫންކަމުގައެވެ. އޭނާ ވިދާޅުވި ގޮތުގައި ފަހުގެ ފްރާންސް މިއިން ޒާމާނަކުވެސް މިފަދަ ގާނޫނުހަދާ މަޖިލީހެއް ދެކެފައެއް ނުވެއެވެ.

"ހާލަތު އޮތީ މުޅި ގައުމުވެސް ބޮޑު ރިސްކަކަށް ހުށެހެޅިގެން ދާފަދަ ގޮތަކަށް، އަދި އެތެރެއާއި ބޭރުންވެސް މި ރިސްކުތައްވަނީ ގައުމާއި ކުރިމަތި ވެފަ،" ބޮޑުވަޒީރު އެލިޒަބަތު ބޯން ވިދާޅުފައި ވެއެވެ. "މާދަމާއިން ފެށިގެން އެކީގައި މަސައްކަތް ކުރެވޭފަދަ މެޖޯރިޓީއެއް ގާއިމްކުރުމުގެ މަސައްކަތް ފެށިގެން ދާނެ."

ފްރާންސްގެ ގާނޫނުހަދާ މަޖިލިހިހައި ޕާޓީތަކަށް ގޮނޑިޔައް ލިބިގެން ގޮސްފައިވާ ގޮތް

ގާނުނުހަދާ މަޖިލިހުހެ އިންތިޚާބު ބޭއްވިގެން ދިޔައިރު، ގޮޑިތައް ބެހިގެން ގޮސްފައިވަނީ ފާއިތުވި އެޕްރިލްމަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި މެކްރޮން އޭނާގެ އިދިކޮޅު ކެނޑިޑޭޓް ބަލިކުރެއްވިއިރު ގޮނޑިތައް ބެހިގެން ގޮސްފައިވާ ނިސްބަތުންނެއް ނޫނެވެ. އޭރު މެކްރޮންއަށް ގާނޫނުހަދާ މަޖިލީހުގެ 300 ގޮނޑި ލިބިވަޑައިގެންފައިވެއެވެ.

އަދި މަޖިލިހުގެ މެޖޮރިޓީ ދެމެހެއްޓުމަށް އޭނާއަށް ހޯއްދަވަން ޖެހިފައިވަނި 289 ގޮނޑިއެވެ. އެހެންނަަމަވެސް އިންތިޚާބު ނިމިގެން ދިޔައިރު މެކްރޮންއަށް ކާމިޔާބު ކުރެއްވުނީ އެންމެ 245 ގޮނޑިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ