ސަަނީ އާއި އެކު ޗުއްޓީއަށް ދާން ބޭނުންތަ؟

ސަަނީ އާއި އެކު ޗުއްޓީއަށް ދާން ބޭނުންތަ؟

Author
ފާތިމަތު ނާވީ
20 ޖޫން 2022 03:20
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސަނީ ލިއޯން އާއި އެކުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތެއް ހުޅުވައިލައިފިއެވެ.

މީގައި ބައިވެރިވާން ބުކްކުރަން ޖެހެނީ އިންޑިއާގެ ޓްރެވެލް އޭޖެންސީއެއް ކަމަށްވާ www.asyouplan.com މެދުވެެރިކޮށެވެ. މީގެ ރިސޯޓް ޕާޓްނަރަކީ އަރިއަތޮޅު ހުރުހެޅީގައި ހިންގާ ރެޑިސަން ބްލޫ ރިސޯޓް މޯލްޑިވްސް އެވެ.

މީ އެންމެނަށް ވެސް އޮތް ފުރުސަތެކެވެ. އޭނާއާ އެކު ޗުއްޓީ ހޭދަކޮށްލަން ލިބޭ މި ފުރުސަތު ރާއްޖޭގައި ކުރިއަށް ދާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 16-19 އަށެވެ.

"ޓްރެޝަ އައިލޭންޑް ވެކޭޝަން ވިތު ސަނީ ލިއޯނީ މޯލްޑިވްސް" ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ މި އޮފާގައި:

  • ސަނީ ލިއޯނާއެކު ސަންރައިސް ބީޗް ޔޯގާ
  • ސަނީލިއޯން ހޯސްޓުކުރާ އަތިރިމަތީގެ ކުޅިވަރުތައް
  • ސަނީ ލިއޯނާއެކު ކޮފީ ޑޭޓެއް (ކުޅިވަރުތަކުން މޮޅުވާ މީހުންނަށް)

ފިލްމު "ޖިސްމު 2″ އިން 2012 ގައި ބޮލީވުޑަށް ނުކުތް ސަނީ އަކީ މި ފަހުން ރާއްޖެ އަށް ޗުއްޓީ އަށް އެންމެ ގިނައިން އަންނަ އިންޑިއާގެ ތަރިން ތެރެއިން އެކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސ
ވައްތަރު ވައްތަރު ފިލްމް ނުގުޅުވައްޗޭ
ޔ ޔޯގާ
މީނަޔާއެކު ކޮފީއަށް ގޮސް ދެން އެހެންކަމަކަށް ދޯ ދާނީ. މީ ކުރިން ޕން ސްޓާރެއްކަން އެނގޭ ދޯ؟؟