ދުނިޔޭގެ އެންމެ ހިންގުންތެރި ބޭންކުތަކުގެ ތެރޭގައި ބީއެމްއެލް

ދުނިޔޭގެ އެންމެ ހިންގުންތެރި ބޭންކުތަކުގެ ތެރޭގައި ބީއެމްއެލް

Author
އަހުމަދު
13 އޮކްޓޯބަރ 2026 12:19
0

 

ފޯބްސް މަޖައްލާއާއި ސްޓެޓިސްޓާ ގުޅިގެން ތައްޔާރުކުރި "ވޯލްޑްސް ޓޮޕް ޕާފޯމިން ބޭންކްސް 2026″ ގެ ލިސްޓުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ.

ފުރަތަމަ ފަހަރަށް ނެރުނު މި ރޭންކިންގައި 89 ގައުމެއްގެ 500 ބޭންކު ހިމެނޭއިރު، ބޭންކުތައް ވަޒަންކޮށްފައިވަނީ ފައިދާ، ކުރިއެރުން، ރައުސްމާލުގެ ވަރުގަދަކަމާއި އެސެޓްގެ ފެންވަރަށް ބަލައިގެންނެވެ. ބީއެމްއެލް ހިމެނިފައިވަނީ ޖުމްލަ އެސެޓް ތިން ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ ބޭންކުތައް ހިމެނޭ ހަވަނަ ޓިއަރގައެވެ. ޓިއަރ 1 ގައި ޖޭޕީ މޯގަން ޗޭސް، ޑީބީއެސް ފަދަ ދުނިޔޭގެ ބޮޑެތި ބޭންކުތައް ހިމެނެއެވެ.

ބީއެމްއެލުން ބުނީ މިއީ ރާއްޖޭގެ ބޭންކިން ދާއިރާއަށް ލިބުނު ތާރީހީ ކާމިޔާބީއެއް ކަމަށާއި، ބޭންކުގެ މާލީ ނަތީޖާއާއި ރިސްކް މެނޭޖްމަންޓުގެ ހަރުދަނާކަން މިއިން ދޭހަވާ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މި ރޭންކިންއިން ބޭންކުގެ ވަރުގަދަކަމާއި ފުދުންތެރި ރައުސުލްމާލު ސާބިތުވާ ކަމަށާއި، ގައުމީ ބޭންކެއްގެ ހައިސިއްޔަތުން ބިންގާ ވަރުގަދަކޮށް، މުވައްޒަފުންނާއި ޓެކްނޮލޮޖީއަށް އިންވެސްޓްކުރުން ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.