މާލޭގެ ފުޅާ ސަރަހައްދެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުން ދިޔަ ނެޓްވޯކެއް ދިވެހި ފުލުހުންގެ ހިދުމަތުން ހިފަހައްޓައިފިއެވެ.
ފުލުހުން އެކްސްގައި ޕޯސްޓެއް ކުރައްވައި ހާމަކުރެއްވި ގޮތުގައި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ރޭ ފެށި ހާއްސަ އޮޕަރޭޝަނެއްގައި ހެންވޭރުގައި ހުންނަ ގެއެއްގެ އެއްވަނަ އަދި ފަސްވަނަ ފަންގިފިލާ ބަލައިފާސްކޮށްފައިވެއެވެ. އެ ތަނުން ގިނަ އަދަދެއްގެ ބަނގުރާ ހޯދުމާއެކު، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ވިދާޅުވީ، މި އޮޕަރޭޝަނުގެ ތެރެއިން މާލޭގައި ފުޅާކޮށް ބަނގުރާ ފޯރުކޮށްދެމުން ދިޔަ ފަރާތްތައް ދެނެގަނެވިފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދަމުންނެވެ.
ކޮމެންޓު ފޮނުވާ