ކ. އަތޮޅު ރިސޯޓެއްގައި ގެނބުނު ދެ ޗައިނާ ފަތުރުވެރިންގެ ހާލު ރަނގަޅު

ކ. އަތޮޅު ރިސޯޓެއްގައި ގެނބުނު ދެ ޗައިނާ ފަތުރުވެރިންގެ ހާލު ރަނގަޅު

Author
އަހުމަދު
13 އޮކްޓޯބަރ 2026 12:13
0

ކ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި ހުއްޓާ ގެނބުނު ޗައިނާގެ ދެ ފަތުރުވެރިއަކު ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި ގެނބުނީ 28 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ އަންހެނެއް ކަމަށެވެ. ފަރުވާދެމުންދާ ދެ ފަތުރުވެރިންގެ ހާލު މިހާރު ރަނގަޅު ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަމުން ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.