ކުޅުނު ރޯލެއްގެ ސަބަބުން ނުޝްރަތަށް މަލާމާތް ކުރަނީ

ކުޅުނު ރޯލެއްގެ ސަބަބުން ނުޝްރަތަށް މަލާމާތް ކުރަނީ

Author
ފާތިމަތު ނާވީ
20 ޖޫން 2022 07:29
0

އެކްޓްރެސް ނުޝްރަތު ބަރޫޗާ "ޖަންހިތު މެ ޖާރީ" ގައި ކުޅުނު ރޯލުގެ ސަބަބުން ގިނަ ބަޔަކު މަލާމާތް ކުރި ކަމަށް އޭނާ ބުނެފިއެވެ.

މިމަހުގެ 10 ވަނަ ދުވަހު ރިލީޒް ކުރި މި ފިލްމުގައި ނުޝްރަތު ފެނިގެން ގޮސްފައިވަނީ ކޮންޑަމް ވިއްކާ މީހެއްގެ ރޯލުންނެވެ. އެއާއި އެކުގައި ގިނަ ބައެއްގެ ފާޑު ކިއުމާއި މަލާމާތް ވަނީ އޭނާއަށް ރައްދު ވެފައެވެ.

މިކަމާ ގުޅޭގޮތުން އީޓައިމްސްއާ ވާހަކަދައްކަމުން ނުޝްރަތު ބުނެފައިވަނީ މީހުން މަލާމާތް ކުރުމުގެ ސަބަބުން އޭނާ އާއި ރައްޓެހިން އަދި އާއިލާއަށް ވެސް ވަރަށް ގިނަ އުނދަގޫ ތަކާއި ކުރިމަތި ވި ކަމަށެވެ.

އަދި ނިދަން އުނދަގޫވެ މީހާ ވަރަށް ބޮޑަށް ބަލިކަށިވެގެން ދިޔަ ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ދިރިއުޅުމަށް އަސަރު ކުރި ކަމަށް ނުޝްރަތު ވަނީ ބުނެފައެވެ.

ނަމަވެސް އެފަދަ ރޯލަކީ މީހާ ރޮލާ ކާލަން ޖެހޭ ސަބަބެއް ނޫން ކަމަށާއި އެއީ ފިލްމެއް ކަމަށާއި އެކަަން އެންމެން ވެސް ދަންނަށް ޖެހޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ނުޝްރަތު ދެން އެންމެ އަވަހަށް ފެނިގެން ދާނީ "ރާމް ސެތޫ" އިން އަކްޝޭ ކުމާރާއި ޖެކޮލިން ފެރްނާންޑޭޒާ އެކުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.