ފަރާ ޚާން ރާއްޖޭގައި

ފަރާ ޚާން ރާއްޖޭގައި

Author
ފާތިމަތު ނާވީ
18 ޖޫން 2022 07:50
0

ބޮލިވުޑްގެ މަޝްހޫ ޑައިރެކްޓަރ އަދި ކޮރެއޮގްރާފާ ފަރާ ޚާން ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.

ފަރާ ރާއްޖެ އައިސްފައިވަނީ އޭނާގެ ތިން ކުދިންނާއި ފިރިމީހާ ޝްރިޝް ކުންދަރާ އެކުގައިއެވެ. ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ފަރާ ވަނީ އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.

ރާއްޖޭގައި ފަރާ ޗުއްޓީ ހޭދަކުރަމުންއަންނަނީ ކޮން ރިސޯޓެއްގައި ކަމެއް ހާމައެއް ނުކުރެއެވެ. ބޮލީވުޑްގެ ގިނަ ތަރިން ވަނީ މީގެ ކުރިންވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. ބަތަލާ އަނުޝްކާ ޝަރުމާ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ގޮަސްފައިވަނީ މިދިއަ ހަފްތާގައެވެ.

 

View this post on Instagram

 

A post shared by Farah Khan Kunder (@farahkhankunder)

ފަރާ ޗުއްޓީއަށް ރާއްޖެއަށް އައިސްފައިވަނީ މިދިޔަ ހަފްތާގައި ވިކީ ކޯޝަލާއި ތުރިޕްތީ ދިމްރީ އެކުގައި ކުޅޭ ފިލްމެއްގެ ލަވައެއްގެ ޝޫޓިންގައި ކްރޮއޭޝިއޭގައި އުޅުމަށް ފަހުގައެވެ.

ފަރާގެ ކާމިޔާބު ފިލްމު ތަކުގެ ތެރޭގައި "މޭހޫނާ" އާއި "އޯމް ޝާންތި އޯމް" އަދި "ހެޕީ ނިއު އިޔާ" ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.