ސްރީ ލަންކާގައި ހުންނަވާ އެކްޓިންގ ހައިކޮމިޝަނަރގެ މަގާމަށް އަފޫރު ހަމަޖައްސަވައިފި

ސްރީ ލަންކާގައި ހުންނަވާ އެކްޓިންގ ހައިކޮމިޝަނަރގެ މަގާމަށް އަފޫރު ހަމަޖައްސަވައިފި

Author
ހުސެއިން
18 ޖޫން 2022 03:52
0

ސްރީ ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ އެކްޓިންގ ހައިކޮމިޝަނަރގެ މަގާމަށް ފޮރިންގ މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާރޖްގެ މަގާމުގައިވެސް ހުންނެވި އަބްދުލްޢަފޫރު މުހައްމަދު ހަމަޖައްސަވައިފިއެވެ.

ޢަފޫރު ސްރީ ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަންގެ އެކްޓިންގ ހައިކޮމިޝަނަރގެ މަގާމަށް ހަމަޖައްސަވާފައި ވާއިރު، ދިވެހިރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ތިލްމީޛާ ޙުސައިންގެ ބަދަލުގައި އެމަޤާމަށްވެސް ޢަބްދުލްޣަފޫރު މުޙައްމަދު އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެއވުމަށް ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ވަނީ ފޮނުއްވާފައެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ސްރީ ލަންކާއަށް ކައަޅުއްވާފައިވާ ސަފީރެއްގެ މަގާމް ފުރުއްވަމުން ގެންދަވާފައިވަނީ އުމަރު އަބްދުއްރަޒާގެވެ. އޭނާ ސަފީރުކަމާއި ހަވާލުވެ ވަޑައިގެންފައިވަނީ 2019ވަނަ އަހަރުއެވެ. އަދި ސަރުކާރުން ދާދިފަހުން ވަނީ ބެލްޖިއަމަށާއި އީޔޫގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް އޭނާ އައްޔަން ކުރައްވާފައެވެ.

ސަރުކާރުން ފަހަކަށް އައިސް ގެންދަވަނީ ގިނަ ގައުމުތަކަށް އައްުޔަން ކުރައްވާފައިވާ ގިނަ އަދަދެއްގެ ސަފީރުން އެބޭފުޅުން ތިއްބެވި ގަމުތަކުން އެހެން ގައުމުތަކަށް ބަދަލު ކުރައްވަމުންނެވެ.

ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޢަބްދުލްޣަފޫރު ވަނީ މީގެ ކުރިން އެމެރިކާގައި ހުންނަ ދިވެހި ސަފީރުކަން ވެސް ކުރައްވާފައެވެ. އަދި މިހާރު ފުރުއްވަމުންދަނީ ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖްގެ މަގާމުގައެވެ. މީގެ ކުރިން ޢަފޫރު ފުރުއްވި ފޮރިން ސެކްރެޓަރީގެ މަޤާމަށް ވަނީ ޖަރުމަނުގައި އެންމެ ފަހުން ހުންނެވި ދިވެހި ސަފީރު އަހުމަދު ލަތީފް (ސީވީޑް ލަތީފް) ހަމަޖައްސަފާވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.