ކައިވެނި ކޮށްގެން އުޅެވޭހެން ހިއެއްނުވޭ: ރަންބީރު

ކައިވެނި ކޮށްގެން އުޅެވޭހެން ހިއެއްނުވޭ: ރަންބީރު

Author
ފާތިމަތު ނާވީ
16 ޖޫން 2022 01:35
0

ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ލޯބީގެ ފެށުމަކީ މީގެ 5 އަހަރު ކުރިން ޑައިރެކްޓަރު އަޔާން މުކަރްޖީ ފެށި ފިލްމު "ބަރަމަސްތުރާ"އެވެ.
އެމީހުން އެކުގައި ކުޅުނު އަލަތު ފިލްމު ނުރެވިގެން އުޅެނިކޮށް މިހާރު އެ ދެ މީހުން ވަނީ ކައިވެނި ވެސް ކޮށްފައެވެ. ފިލްމުގެ ޓްރެއިލާ ރިލީޒް ކުރެވުނީ އަދި ކިރިޔާ އިއްޔެގައެވެ.

ރަންބީރާއި އާލިއާ ކައިވެނި ކުރީ މި އަހަރުގެ އޭޕްރިލް މަހުގެ 14 ވަނަ ދުވަހުއެވެ. ކައިވެނި ކޮށްގެން ހަފްތާއެއް ނުވަނީ މިދެމީހުން ވަނީ އެމީހުންގެ ފިލްމީ މަސައްކަތްތަކަށް އަނބުރާ ނުކުމެފައެވެ. އެގޮތުން އާލިއާ ބަޓް މިހާރު ހުރީ އޭނާ ހޮލީވުޑަށް ތައާރަފްވާ ފިލްމުގެ މަސައްކަތުގައި ޔޫކޭގައެވެ.

ދެމީހުންވެސް ވަރަށް ބިޒީކޮށް އުޅެމުން ކައިވެނި ކުރިއިރު، އެމީހުންގެ ބިޒީ ޝެޑިއުލުން އަދި ވެސް ހަނީމޫނަށްވެސް ވަގުތުކޮޅެއް ނެތެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

ކައިވެންޏާއި ބެހޭގޮތުން ވާހަކަ ދައްކަމުން ރަންބީރު ބުނެފައިވަނީ ދެމީހުންވެސް ކުރިއެކޭ އެއްފަދައިން ފިލްމީ މަސައްކަތުގައި ވަރަށް ބިޒީ ކަމަށާއި އަދިވެސް ކައިވެނި ކޮށްގެން އުޅޭކަމުގެ އެއްވެސް އިހުސާސެއް ނުވާ ކަމަށެވެ.

"އަދި ކައިވެނި ކޮށްގެން އުޅޭހެން ހިޔެއް ނުވޭ، އާލިއާ ވެސް އަހަރެން ވެސް ކައިވެންޏަށް ފަހު އަދި މިދަނީ ވަރަށް ބިޒީކޮށް" – ރަންބީރު

ރަންބީރާއި އާލިއާގެ އަލަތު ފިލްމް "ބްރަމަސްތުރާ" މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ރިލީޒްކުރަން ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަންފަ
ކައިވެނި ކުރިޔަކަސް ކުރާނެ އާ ކަމެއްނެތީމަ ވާނީ އެހެންތާ! ދެމަފިރިން ގޮތަށް އެކީގަ އެކަނި އެއްގެއެއްގަ އެއް އެނދެއްގަ ނިދައިގެން އުޅޭތާ ފަސްއަހަރު ފަހުން ކައިވެނި ކުރީމަ ވާނީ ތިޔަހެން . ތިބާއަށް ނޫނަސް އެހެން މީހުނަށްވެސް.