5 އަހަރުގެ ދިގު މުއްދަތަކުން ނިންމާލެވުން ފިލްމު "ބްރަމަސްތުރާ"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މި ފިލްމަކީ އަޔާން މުކަރްޖީ ޑައިރެކްޓްކޮށް އާލިއާ ބަޓާއި ރަންބީރު ކަޕޫރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. އަދި އެމީހުންގެ ލޯބީގެ ފެށުމަކީވެސް ހަމަ މި ފިލްމެވެ.
ލޯބީގެ ގޮތުން ގުޅި، އެދެމީހުން މިހާރު ވަނީ ކައިވެނިވެސް ކޮށްފައެވެ. ފިލްްމުގެ ޓްރެއިލާ އާންމު ކުރިއިރު އާލިއާ ހުރީ އޭނާ ހޮލީވުޑަށް ތައާރަފްވާ ފިލްމުގެ ޝޫޓިންގައި ޔޫކޭގައެވެ.
ބޮޑު ބަޖެޓަކުން ހަދާފައިވާ މި ފެންޓަސީ އެޑްވެންޗާ ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ގެނެސްދޭ ފިލްމެކެވެ. މިއީ އާލިއާ އާއި ރަންބީރުގެވެސް ވަރަށް އުންމީދީ ފިލްމެކެވެ.
"ބްރަމަސްތުރާ: ޕާޓް ވަން-ޝިވާ" ގެ ކާސްޓްގައި އަމީތާބް ބައްޗަން، މޯނީ ރޯއީ، ނާގައަރްޖުނާ އަދި ޑިމްޕަލް ކަޕާޑިއާގެ އިތުރުން ހާއްސަ ފެނިލުމަކުން ޝާހްރުކް ޚާން ވެސް ފެނިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ