އުރްމިލާ އާއެކު "ޑީއަޑީ"ގެ ޖަޖެއްގެ ގޮތުގައި ބާގްޔަޝްރީ!

އުރްމިލާ އާއެކު "ޑީއަޑީ"ގެ ޖަޖެއްގެ ގޮތުގައި ބާގްޔަޝްރީ!

Author
ފާތިމަތު ނާވީ
15 ޖޫން 2022 06:54
0

ޒީޓީވީން ގެނެސްދޭން ތައްޔާރުވަމުން އަންނަ "ޑާންސް އިންޑިއާ ޑާންސް (ޑީއައިޑީ) ސުޕަ މަމްސް"ގެ ތިން ވަނަ ސީޒަންގެ ޖަޖެއްގެ ގޮތުގައި ކުރީގެ ބަތަލާ ބާގްޔަޝްރީ ވެސް ބައިވެރިވާކަން ކަށަވަރުވެއްޖެއެވެ.

މި ޝޯ އިން ޖަޖުންގެ ގޮތުގައި ފެނިގެންދާނީ ކުރީގެ އެކްޓަރެސް އުރްމިލާ މަތޯޑްކަރް އާއި ކޮރެއޮގްރާފަރ ރެމޯ ޑީސޫޒާއެވެ. ބާގްޔަޝްރީ އަދި އުރްމީލާ ޖަޖެއްގެ ގޮތުގައި ފެނިގެންދާ އަލަތު ޝޯ ދައްކަން ފަށާނީ އަންނަމަހުގެ 2 ވަނަ ދުވަހުއެވެ.

އިންޑިއާގެ އެކިކަންކޮޅުތަކުގައި މިހާރު ދަނީ މިޝޯގެ އޮޑިޝަންތައް ބާއްވަމުންނެވެ. ބޮލީވުޑްގެ ކުރީގެ ގިނަ ބަތަލާއިން މިހާރު އަންނަނީ ރިއަލިޓީ ޝޯތަކުގެ ޖަޖުންގެ ގޮތުގައި ފެންނަމުންނެވެ.

 

View this post on Instagram

 

A post shared by ZEE TV (@zeetv)

53 އަހަަރުގެ ބާގްޔަޝްރީ ފަހަކަށްއައިސް މަދުމަދުން ބައެއް ފިލްމުތަކުން ފެނިގެން ދެއެވެ. އޭނާގެ އެންމެ މަޝްހޫރު ވީ ފިލްމަކީ 1989 ވަނަ އަހަރު ބޮލީވުޑަށް ތާރަފްވި ފިލްމު "މެނޭ ޕިޔާރް ކިޔާ"އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.