ހަރުކަށި ފިކުރު ނައްތާލަން ހުޅަނގުގެ ނަޒަރިއްޔާތަކެއް ބޭނުމެއްނޫން: ޑރ.ޝަހީމް

ހަރުކަށި ފިކުރު ނައްތާލަން ހުޅަނގުގެ ނަޒަރިއްޔާތަކެއް ބޭނުމެއްނޫން: ޑރ.ޝަހީމް

އިސްލާމީ މުޖުތަމަޢުގައި ހަރުކަށި ފިކުރު ނައްތާލަން ހުޅަނގުގެ ނަޒަރިއްޔާތަކެއް ބޭނުމެއްނޫން ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑޜ.ޝަހީމް މިހެން ވިދާޅުވީ ހުޅުނގުގެ ބައެއް ޤައުމުތަކުގެ އިސްލާމީ ޤައުމުތަކުގައި ހަރުކަށި ފިކުރު ނައްތާލަންކަމަށް ބުނެ ހިންގަމުންދާ ތަފާތު ޕްރޮގުރާމުތަކަށް އިޝާރާތް ކުރައްވައެވެ. ޝަހީމް ވިދާޅުވީ އިސްލާމީ މުޖުތަމައުގައި ހަރުކަސި ފިކުރު ނައްތާލުމަށްޓަކައި، ހުޅަނގުގެ ޤައުމުތަކުގެ ނަޒަރިއްޔާތަށް ބޭނުން ނުވާކަމަށެވެ. ހަރުކަށި ފިކުރު ނައްތާލުމުގައި އިސްލަމީ މަންހަޖުގެ ތެރެއިން ކަންކަން ހައްލު ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ޝަހީމް ވިދާޅުވިއެވެ.

ހަރުކަށި ފިކުރު ނައްތާލަން ކަމަށް ބުނެ ހުޅަނގުގެ ބައެއް ޖަމާޢަތްތަކުން ފަންޑުކުރަނީ މުސްލިމު ޒުވާނުން ދީނާ ދުރުކުރަން. އިސްލާމީ މުޖުތަމަޢުގައި ހަރުކަށި ފިކުރު ނައްތާލަން ހުޅަނގުގެ ނަޒަރިއްޔާތަކެއް ބޭނުމެއްނޫން. ހަރުކަށި ފިކުރު ނައްތާލުމުގައި ތަބާވާންވީ އިސްލާމީ މަންހަޖަށް.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވަނީ ރާއްޖޭގައި ހަރުކަށި ފިކުރު ނައްތާލުމަށް މިހާތަނަށް ކުރި ކާމިޔާބު މަސައްކަތަށް އަލި އަޅުވާލާފައެވެ. ޝަހީމް ވިދާޅުވީ ރާއްޖޭގައި މިހާތަނަށްވެސް ހަރުކަށި ފިކުރުގެ ކަންކަން ނައްތާލަން ކޮށްފައިވާ މަސައްކަތެއް ކުރީ އިސްލާމީ މަންހަޖުގެ ތެރެއިންކަމަށެެވެ.

ރާއްޖޭގައި މިހާތަނަށް ދިމާވި އެންމެ ބޮޑެތި އެ ފަދަ މައްސަލަތައް ޙައްލުކުރީ އިސްލާމީ މަންހަޖުގެ ތެރެއިން. އޭގެ ތެރޭގައި ހިމަންދޫ އާއި މާލޭގައި ވަކިން ޖަމާޢަތް ހަދައިގެން އެތައް އަހަރެއް ވަންދެން ދިޔަކަންކަން ނިމުމަކަށް ގެނެވުނު.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ނައްތާލަން ކަމަށްބުނެ ހިންގަމުންދާ ޕްރޮގުރާމުތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. ޚާއްސަކޮށް، ނަމާދާއި ގުޅޭގޮތުން މިފަދަ ޕްރޮގުރާމުތަކުގައި ފަތުރާ ޚަބަރުތަކާއި ގުޅޭގޮތުން ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ދައުލަތުގެ މާލިއްޔަތު ލޫޓުވާ ވަފާތެރި ކެހިވެރި ޗޯރުން މީމީ ސިޔާސީ މީހުންގެ ޓެގް އަޅުވައިގެން މިއުޅޭ ބައިގަޑަކީ !

Leave a Reply

Your email address will not be published. Required fields are marked *