ކެންސަރަށްފަހު ދުނިޔޭގައި ހުރެވޭނީ އެންމެ 2 ހަފްތާގައި ކަމަށް ޑޮކްޓަރު ބުނި: އަނޫރާގް

ކެންސަރަށްފަހު ދުނިޔޭގައި ހުރެވޭނީ އެންމެ 2 ހަފްތާގައި ކަމަށް ޑޮކްޓަރު ބުނި: އަނޫރާގް

ކެންސަރު ބަލީގައި ކުރަންޖެހުނު ހިތި ތަޖުރިބާތަކާއެކު ދިރިއުޅުމާ މެދު ދެކޭގޮތް މުޅިން ބަދަލުވި ކަމަށް ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރ އަނޫރާގް ބާސޫ ބުނެފިއެވެ.

ކުޅަދާނަ ޑައިރެކްޓަރ އަނޫރާގް ބާސޫއަށް ލޭގެ ކެންސަރު ޖެހިފައިވާކަން އެނގުނީ 2004 އަހަރު އޭނާގެ ފިލްމު "ސާޔާ" އާއި "މާޑަރ" ގެ ޝޫޓިންގ ނިންމާލިތަނާއެވެ.

ކެންސަރު ބަލީގައި ފަރުވާ ހޯދަމުން ދިޔައިރު އޭނާއަށް ކުރިމަތިވި ދަތި އުނދަގޫ ދުވަސްވަރުގެ ވާހަކަތައް ހިއްސާ ކުރަމުން އަނޫރާގް ބުނީ ކެންސަރާ ދެކޮޅަށް ކުރި ހަނގުރާމައަށް ފަހު ދިރިއުޅުމާ މެދު އޭނާ ދެކޭގޮތް މުޅިން ބަދަލުވި ކަމަށެވެ.

އޭނާ ބުނީ ކެންސަރު ޖެހުނު ކަން ހިއްސާކުރަމުން، އޭނާ ދުނިޔޭގައި ހުންނާނީ އެންމެ ދެ ހަފުތާއަަށް ކަމަށް ޑޮކްޓަރު ބުނެފައި ވާކަމަށެވެ. އޭރު އޭނާގެ އަންހެން އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެ ކަމަށާއި ކުއްޖާ ނުފެނި މަރުވެދާނެތީ ވަރަށް ހިތްދަތިވި ކަަމަށް އޭނާ ބުންޏެވެ.

ނަމަވެސް ބައްޔަށް ފަރުވާހޯދަމުން ދިޔަ ދުވަސްވަރު ފިލްމީ ދާއިރާގެ ގިނަ ފަންނާނުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާކަން އަނޫރާގް ވަނީ ފާހަގަ ކޮށްފައެވެ.

އަނޫރާގް ބުނީ އޭނާއަަށް ލޭގެ ކެންސަރު ޖެހުނު ކަން އެނގުނީ އަނގައިން ލޭ އަންނާތީ ޑޮކްޓަރަށް ދައްކާ ޓެސްޓްތަކެއް ހެދުމުން ކަމަށެވެ. ނަމަވެސް ފިލްމީ މަސައްކަތްތައް ހުރި ގޮތުން ޓެސްޓްތައް ހެދުން ވެސް ލަސްވި ކަމަށް އޭނާ ބުންޏެވެ.

އެނާ ބުނީ ފުރަތަމަ އޭނާ އެޑްމިޓްކުރި ލީލާވަތީ ހޮސްޕިޓަލުގައި 30 ދުވަސް ހޭދަކުރުމަށް ފަހު ޓާޓާ ހޮސްޕިޓަލަށް ބަދަލުކުރި ފަހު ހާލަތު ރަގަޅު ވަމުން ދިޔަ ކަމަށެވެ.

ކެންސަރު ބަލީގެ ފަރުވާ އަގުހެޔޮކޮށް ނުލިބޭތީ އަނޫރާގަށް ވެސް ފައިސާގެ ދަތިކަން ކުރިމަތިވި ކަމަށާއި އެކަމުގެ ސަބަބުން ކިމޯތެރަޕީއަށް އިތުރު ފައިސާ ހޯދުމަށް ބައެއް ފިލްމީ މަސައްކަތްތައް ކުރަން ޖެހުނު ކަމަށް އޭނާ ވަނީ ބުނެފައެވެ. 2006 ވަނަ އަހަރު ނެރުނު ފިލްމު "ގޭންގްސްޓާ" އަކީ ވެސް ކީމޯތެރެޕީ ނަގަމުން އޭނާ ކުރި މަސައްކަތެކެވެ.

"މާޑާ" އާއި "ބަރްފީ" ފަދަ ފިލްމުތަކަކީ އަނޫރާގް ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ކާމިޔާބު ފިލްމު ތަކެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *