ބްރިޓްނީ ކައިވެނި ކޮށްފި

ބްރިޓްނީ ކައިވެނި ކޮށްފި

Author
ފާތިމަތު ނާވީ
11 ޖޫން 2022 08:12
0

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕެއާސް އާއި ލޯބިވެރިޔާ ސާމް އަަސްގަރީ ކައިވެނިކޮށްފި އެވެ.

މިދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފައިއެވެ. 40 އަހަރުގެ ބްރިޓްނީ އާއި 28 އަހަރުގެ ސާމް ކައިވެނި ކުރުމުގެ ކުރިން ބްރިޓްނީ ވަނީ ބަނޑުބޮޑުވެފައިއެވެ. ނަމަވެސް ދަރިފުޅު ވަނީބައިގެން ގޮސްފައިއެވެ.

އޭރުވެސް ދެމީހުން އައީ ކައިވެންޏަށް ތައްޔާރު ވަމުންނެވެ. އެރު ހަބަރުތަށް ބުނިގޮތުގައި އެމީހުްނ ކައިެވނި ކުރާނީ ދަރިފުޅު ވިހެއުމަށް ފަހުގައިއެވެ. ނަމަވެސް ދަރިފުޅު ބައިގެންދިއަކަން އެމީހުން ވަނީ މިދިއަމހުގައ ސޯޝަލް މީޑިއާގަިއ ވަރަށް ހިތާމައާއި އެކު އިއުލާންކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Britney Spears (@britneyspears)

 

މީގެ ކުރިން ދެކައިވެންޏެއް ކޮށްފަިއވާ ބްރިޓްނީގެ ދެދަރިން ވެސް އެބަތިއްބެވެ. ޝޯން ޕްރެސްޓަން ފެޑަލީން، 16، އާއި ޖޭޑެން ޖޭމްސް ފެޑެލީން، 15،އެވެ. މިދެކުދިންގެ ބައްޕަ އަކީ ދެވަނަ އަށް ކައިވެނިކުރި ކެވިން ފެޑަލިންއެވެ. ކެވިން އާއި ބްރިޓްނީ 2004 ގައި ކުރި ކައިވެނި ރޫޅުނީ 2007 ގަ އެވެ.

އޭގެ ކުރިން 2004 ގައި ބްރިޓްނީ އެލެން އެލެގްޒެންޑާ ކިޔާ މީހަކާ ވެސް ކައިވެނިކުރި އެވެ. އެ ކައިވެނި ދެމިއޮތީ އެންމެ 55 ދުވަހަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.