ބޮލީވުޑްގެ މަޝްހުރު އެކްޓެރސް ކަންގަނާ ރަނާވަތުގެ އުންމީދީ ފިލްމް ބަލާނެ މީހެއްނުވި ހަބަރާއި އެކު ބޮލީވުޑް އަށް ލިބުނީ ބޮޑު ސިހުމެކެވެ. ކަންގަނާ ވަނީ މި ފިލްމްއަކީ ތަފާތު މޮޅު ފިލްމް އެއްގެ ގޮތުގައި ވަރަށް ވަރުގަދަ އަށް ޕްރޮމޯޓް ވެސް ކޮށްފައިއެވެ.
އަދި ހަމަ އެހެންމެ މި ފިލްމް އަކީ ބޮލީވުޑްގެ މިފަދަ ހަމަ އެކަނި ފިލްމްއެވެ. ފިލްމް ގައި ކަންގަނާ ފެނިގެންދަނީ ސްޕްއި އެޖެންޓް އެއްގެ ރޯލުންނެވެ. ވަރުގަދަ އެކްޝަން މަންޒަރުތަކަކާއި އެކުގައި 'ކަންގަނާގެ ތަފާތު 7 ލުކް އެއް ފެނިގެން ދިއަ ފިލްމްގައި 'ފްލޮޕް' ބޯޑު އަޅުވައި ވަނީ ސިނަމާތަކުން ބޭރުކޮށްލައިފައިއެވެ.
އަހަރުގެ ދެވަނަ އުންމީދީ ފިލްމް އަކީ އަކްޝޭ ކުމާރާއި 2017 ވަނަ އަހަރު މިސް ވޯލްޑްގެ ލަގަބު ހޯދި މަނުޝީ ޗިއްލާ ފެންނަ "ސަމްރަޓް ޕްރިތުވިރާޖު" އެވެ. އަދި މި ފިލްމް އަކީ މަނޫޝި ބޮލީވުޑް އަށް ތާރަފްވީ ފިލްމް ވެސް މެއެވެ،
ނަމަވެސް މިދެތަރިންނަށް ވެސް ސިނަމާގައި ޖާދޫއެއް ދައްކައިއެއް ނުލެވުނެވެ. ކަންގަނާގެ ފިލްްމް އެކޭ އެއްގޮތަށް މި ފިލްމްވެސް ބަލަން ވަންނާނެ ބަޔަކު ނުވިއެވެ.
ބޮޑު ބަޖެތަކުން ހެދި މި ފިލްމް އަކީ ޔަޝް ރާޖް ފިލްމްސް އިން ނެރުނު އިންޑިއާގެ ކުރީގެ ރަސްގެފާނު ޕްރިތުވިރާޖް ޗޯހާންއާ ގުޅޭ ހިސްޓޯރިކަލް ފިލްމެކެވެ.