ރައިސް ސޯލިހުއާއި ނަޝީދު ރައީސް އޮފީހުގަ ބައްދަލު ކުރައްވަނީ: ނަޝިދުގެ ބަރުލަމާނީ ވިސްނުމަސް ރައީސް ސާލިހުވަނީ ދެކޮޅު ހައްދަވާފަ

30 ޕަސެންޓުން ވެރިކަމަށް އާދެވޭ އިސްލާހަށް ތާއީދު ނުކުރާނަން: ރައީސް

30 ޕަސެންޓުން ވެރިކަމަށް އާދެވޭ އިސްލާހަށް ތާއީދު ނުކުރާނަން: ރައީސް

ރިޔާސީ އިންތިހާބުގައި 30 ޕަސެންޓަށް ވުރެ މަތިން ވޯޓު ހޯއްދަވާ ކެންޑިޑޭޓް މޮޅުވީ ކަމަށް ނިންމަން ގާނޫނުއަސާސީ އަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާނުކުރެއްވި އިސްލާހަށް ތާއީދު ނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވަނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ޖުމުލަ ވޯޓުގެ 30 ޕަސެންޓަށް ވުރެ މަތިން ލިބޭ ކެންޑިޑޭޓަކީ ކާމިޔާބު ހޯދި ކެންޑިޑޭޓުގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައެޅުމަށް ހުށަހަޅުއްވާފައެވެ. އަދި އެއްވެސް ކެންޑިޑޭޓަކަށް 30 ޕަސެންޓް ނުލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރެއް ބޭއްވުމަށް ނަޝީދު ވަނީ ހުށަހަޅުއްވާފައެވެ.

ނަޝީދުގެ މި އިސްލާހުތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ރައްޔިތުންގެ ސާފު އައުލަބިއްޔަތުން ނޫނީ ވެރިކަމަށް އާދެވޭ ގޮތަށް ތާއީދު ނުކުރާނެކަމަށެވެ. 50 ޕަސެންޓުން ނޫންގޮތަކަށް ވެރިކަމަށް އާދެވޭ ގޮތަށް ތާއީދު ނުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެކަން ކުރައްވެން އޮތީ ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. އެއް ކަމަކަށް އެމަނިކުފާނު ހުށަހަޅުއްވަނީ ރައްޔިތުންގެ 50 ޕަސެންޓަށް ވުރެ މަތިން ވޯޓު ލިބިގެން ނޫން ގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ނުވެވޭ ގޮތަށް ގާނޫނުއަސާސީގައި އޮތް މާއްދާ އިސްލާހުކުރުމަށެވެ.

ނަޝީދުގެ އިސްލާހަށް އަމާޒުވެފައިވާ ފާޑުކިއުން އެމްޑީޕީގައި އެމަނިކުފާނާ އެކު ތިއްބެވި މެމްބަރުން ދިފާއުކުރެއްވިޔަސް އެއް ބައެއްގެ ނަޒަރުގައި އެ ގެންނަން އުޅޭ ބަދަލަކީ ތާއީދު ނެތް ރައީސަކު ވެރިކަމަށް ވަޑައިގަތުމެވެ. އެމްޑީޕީއަށް އެ ނޫން މަގަކުން ވެރިކަން ހޯދެން ނެތިގެން ގާނޫނުއަސާސީ އިސްލާހު ކުރުމެވެ.

އެކަމަކު ވެރިކަމަށް އާދެވޭ ޕަސެންޓޭޖް 51 ޕަސެންޓުން 30 އަށް ދަށްކުރުމަކީ އެ ޕާޓީން ނެރެން އެ އުޅޭ މޮޅު ހޯދޭނެ ފޯމިއުލާއެއް ނޫނެވެ. އިންތިހާބުގައި ނަޝީދު ވާދަކުރައްވައިފި ނަމަ އެމްޑީޕީގެ ސަރުކާރަކުން ބައި އަޅަން ދެކޮޅު ހަދައި އެއްފަރާތްކުރަން ބޭނުންވާ ޕާޓީތައް އެއްގަލަކަށް އަރައި ފުރަތަމަ ބުރުގައި ފުޅާ ކޯލިޝަނެއް ހެދުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެހެންވެއްޖެ ނަމަ އިންތިހާބުން މޮޅުވާ ޕަސެންޓޭޖް ދަށްކުރުމުގެ މާނައެއް އޮތް ކަމަކަށް ނުފެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *