އިޤްތިޞާދީ ހާލަތު ދައްކާގޮތުންނާއި، ކުރިމަތިވަމުންދާ މާލީ ހާލަތާއިއެކު ސަރުކާރުން ލޯނު ނަގައިގެން އައު އެއްވެސް މަޝްރޫޢެއް ނުހިންގުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނައި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ އިޢްތިޞާދީ ހާލަތަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަމުން ދާކަމަށެވެ. މިކަންކަމުން އަރައިގަނެ ރައްޔިތުންނަށް ދަތި ނުވާނެގޮތަކަށް ކަންކަން ކުރުމަށްޓަކައި ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވ.
އޭގެ ތެރޭގައި ސަރުކާރުން ބައެއް މަޝްރޫޢުތައް މަޑު ޖައްސާލުމާއި، އައު އެއްވެސް މަޝްރޫޢެއް ލޯނު ނަގައިގެން ނުހިންގުމަށް ނިންމަވާފައިވަކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދުނިޔޭގެ އިޢްތިޞާދަށް މިއަދު ކުރިމަތިވެފައިވާ ދަތި އުދަގޫ އަސަރު ރާއްޖެއަށް ކުރާނެކަން އެއީ ގަބޫލު ކުރަންޖެހޭ ހަގީގަތެއްކަމަށެވެ.
ނަމަވެސް ފަތުރަމުންދާ މައުލޫމާތުތަކުގައި ހަގީގަތާއި ހިލާފު އޮޅުން އަރާގޮތަށް ވާހަކަ ފެތެރެމުންދަނީ. އޭގެ ސަބަބުން ރައްޔިތުން ކަންބޮޑޫވުމެއްގެ ތެރެއަށް ދޭ. މީގެ ބައެއް ވާހަކަތައް ދައްކަމުންދަނީ ސިޔާސީ ބޭނުމުގައި، މިއީ ސިޔާސީ ބޭނުމެއްގައި ދައްކަންޖެހޭ ވާހަކަތަކެއްނޫން.
– ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ 2021 ގައި ހުރަސްކުރީ އޮޤްތިޞާދީ ދަތިކަމުގައި، ކޯވިޑާއި ގުޅިގެން މުޅި ދުނިޔެ ހުއްޓުނުކަމަށެވެ. ރާއްޖެއަށް ބޮޑު އަސަރެއްކޮށް، ރާއްޖޭގެ ބޯޑަރު ބަންދުކުރިކަމަށެވެ. މުޅި ޖީޑީޕީގެ 70 ބިލިޔަން ރުފިޔާ ދަށްވިކަމަށެވެ. ދައުލަތަށް ވަންނަންޖެހޭ 35 ބިލިޔަން ނުވަދެ ދިޔަ ކަމަށެވެ. މިދަތި ހާލަތުގައި ރައްޔިތުންނަށް ޚިދުމަތްދީ އަސާސީ ކަންކަން ކުރަމުންދިޔައީ، ލޯނު ނަގައިގެން ކަންކަން ކުރަމުންދިޔަކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ދައުލަތުގެ ދަރަންޏާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. ރައީސް ވިދާޅުވީ މިސަރުކާރުން ނެގީ މިހާތަނަށް 37 ބިލިޔަން ރުފިޔާގެ ދަރަނި ކަަމަށެވެ. ރާއްޖެއަށް ދަރަނި ނުދެއްކޭނެ ހާލަތެއް ނެތްކަމަށްވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ