ފަނޑިޔާރުންގެ ޖަމްއިއްޔާގެ ރައީސަކަށް ސުއޫދު

ފަނޑިޔާރުންގެ ޖަމްއިއްޔާގެ ރައީސަކަށް ސުއޫދު

Author
މުޙައްމަދު ޝަޒައިމް
08 ޖޫން 2022 08:45
0

ހުސްވެފައިވާ ފަނޑިޔާރުންގެ ޖަމްއިއްޔާގެ ރައީސްކަމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ޢައްޔަން ކުރައްވައިފިއެވެ.

ފަނޑިޔާރުންގެ ޖަމްއިއްޔާގެ ރައީސްކަމުގެ މަޤާމު ހުސްވެފައިވަނީ އެމަޤާމު ފުރުއްވަމުންދިޔަ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު ކަމުގެ މަގާމުން މިދިޔަ މަހުގެ 31 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ފަނޑިޔާރުންގެ ޖަމްއިއްޔާގެ ރައީސްކަމުގެ މަޤާމު ހުސްވުމާއި ގުޅިގެން އެޖަމްއިއްޔާގެ ހިންގާ ކޮމެޓީންވަނީ އެމަޤާމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ޢައްޔަން އައްޔަން ކުރެއްވުމަށް ނިންމަވާފައެވެ. ހިންގާ ކޮމެޓީން ނިންމި ގޮތަށް ޖަމްއިއްޔާގެ ރައީސްކަން އެނިންމެވުން ސުއޫދު ވަނީ ގަބޫލުކުރައްވާފައެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާ ހުސްނުއްސުޢޫދަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނާއިބުގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި މިސަރުކާރުން އުފެއްދި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް ޞާލިހު އެކުލަވާލެއްވި ކޮމިޝަންގެ ރައީސް ކަމުގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.

ފަނޑިޔާރުންތަކެއް އިސް ނަގައިގެން 2008 ވަނަ އަހަރު އުފައްދާފައި އޮތް ފަނޑިޔާރުންގެ ޖަމިއްޔާގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށް ފަހު 2019 އިން ފެށިގެން ވަނީ އަލުން ހިންގަން ފަށައިފައެވެ. ފަނޑިޔާރުންގެ ޖަމްއިއްޔާގެ މައިގަނޑު މަޤްޞަދަކީ، ފަނޑިޔާރުންގެ މުސްތަޤިއްލުކަން ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަޤިއްލުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި އެމީހުންގެ އިމްތިޔާޒުތައް ޙިމާޔަތްކުރުމަށް މަސައްކަތް ކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.