އިދިކޮޅު ޕީޕީއެމްގެ މަޤްޞަދަކީ އިންތިޚާބުތައް ކާމިޔާބުކުރުންކަމަށް ވިދާލުވެ، އެހެން ޕާޓީތަށް ކޮބައިތޯ އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ސުވާލުކުރައްވައިފިއެވެ.
ހަބީބު މިފަދައިން ސުވާލު ކުރައްވާފައިމިވަނީ މިފަހަކަށް އައިސް ބާއްވާ ހުރިހާ އިންތިޚާބެއްގައި ވާދަކުރަނީ ޕީޕީއެމް އެކަނިކަމށްވާތީއެވެ. މިގޮތުން ހަބީބު ވަނީ މާދަމާ ބާއްވަން ތައާވަލުކުރި ހއ.ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކުރާ ކޮމިޓިގެ މެންބަރުކަމަށް ޕީޕީއެމްއިން އެކަނި ވާދަކުރައްވާ އެގޮނޑި ކާމިޔާބުކުރައްވާފައިވާނީ އެޕާޓީއަށް މަރުޙަބާ ވިދާޅުވެފައެވެ. ވަށަފަރު އ.ތ.މ.ކ. ބައި-އިލެކްޝަނުގައި ވާދަކުރައްވާ ކާމިޔާބުކުރެއްވީ ޕީޕީއެމްގެ ޒުހާ އިބްރާހީމްއެވެ.
ވަށަފަރު އ.ތ.މ.ކ. ބައި-އިލެކްޝަނުގައި ޕީޕީއެމްގެ ޒުހާ އިބްރާހީމް އެކަނި ކުރިމަތިލުމުން އޭނާވަނީ އިންތިހާބަކާނުލައިހޮވިފައި. މަރުޙަބާ @ProgressPartyMV ސިޔާސީ ޕާޓީ ތަކުގެ އެންމެ ބޮޑު މަގްސަދަކީ އިންތިހާބުތަކުގައި ވާދަކުރުން. އެހެންޕާޓީތައް ކޮބައިތޯ؟@ElectionsMv
— Ismail Habeeb (@IsmailHabeeb) June 3, 2022
ހަބީބު މިހެން ވިދާޅުވެފައިވާއިރު ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ހުޅުވާލިއެވެ. ނަމަވެސް އެއްވެސް ފަރާތަކުން ކުރިމަތިލާފައެއް ނުވެއެވެ.
ފަސް ރަށެއްގެ އަންހެނުންގެ ކޮމިޓީގެ ޕްރައިމަރީގައި ވާދަކުރަން އެމްޑީޕީން ހުޅުވާލައިފި
މީގެ އިތުރުން މިދިޔަ މަހު ބޭއްވި ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިވެސް އެއް ވޯޓުގެ ތަފާތަކުން ކާމިޔާބުކުރީ ޕީޕީއެމްއިންނެވެ. އެ ގޮނޑިއަށް ދެން ވާދަކުރެއްވީ އެމްއެންޕީ އިންނެވެ. އެ ދާއިރާއަށްވެސް އެމްޑީޕީން ވާދަކޮށްފައެއް ނުވެއެވެ.
އެމްޑީޕީން އިންތިޚާބުތަކުގައި ވާދަނުކުރާތީ ބައެއް ފަރާތްތަކުން ވަނީ ސަރުކާރާއި މަޖިލިސް ލިބުމުން އެމްޑީޕީން އެހެން އިންތިޚާބުތަަކަށް މަސައްކަތް ނުކުރާކަމަށް ބުނެ ފާޑުކިޔާފައެވެ.
ކޮމެންޓު ފޮނުވާ