އިލެކްޝަންސްގެ ނިންމުން ބަލައި ނުގަނެވޭނެ: ޕީޕީއެމް

އިލެކްޝަންސްގެ ނިންމުން ބަލައި ނުގަނެވޭނެ: ޕީޕީއެމް

Author
މުޙައްމަދު ޖިމީ
01 ޖޫން 2022 04:47
0

ޕާޓީތަކުގެ މެންބަރުން ވަގަށް ނަގާ ޕާޓީތަކުގެ މެންބަރުން ބަދަލުކޮށްފައިވާ މައްސަލަ ނުބަލައި އޭޕްރީލް މަހުން ފެށިގެން ހުށައަޅާ ފޯމުގެ މައްސަލަ ބެލުމަށް ނިންމި ނިންމުން ބަލައި ނުގަނެވޭނެކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނިންމުމަށް ފާޑުވިދާޅުވެ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޠަލާލް ވިދާޅުވީ، 2021 އޮކްޓޯބަރ އިން ޑިސެމްބަރ އަށް ފާޅުކަން ބޮޑުކޮށް ޕާޓީތަކުގެ މެންބަރުން ވަގަށް ނަގާ، އެހެން ޕާޓީތަކަށް ބަދަލުކޮށް ހިންގާފައިވާ ވައްކަންތައް ނުބަލާ، މިއަހަރުގެ އެޕްރީލް 1 އިން ފެށިގެން ފިޔަވަޅު އަޅަން އިލެކްޝަނުން ނިންމި ނިންމުން ޕީޕީއެމްއިން ބަލައެއް ނުގަންނާނެވޭނަކަމަށެވެ.

ޠަލާލް މިހެން ވިދާޅުވީ، ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ހައްލުކުރުމުގެ ގޮތުން، ޞައްޙަ ނޫން ފޯމް ހުށައަޅާ ސިޔާީ ޕާޓީތަކާއި، އެޕާޓީތަކުގެ ވެރިން ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއި ގުޅިގެންނެވެ.

2021 އޮކްޓޯބަރ 1 އިން ފެށިގެން ޕާޓީތަކުން ހުށަހަޅާފައިވާ ފޯމުތަކުގެ ސައްޙަކަން ކަށަވަރުކޮށް، ވަގު ފޯމު ހުށަހަޅައިގެން ޕާޓީ ބަދަލުވެފައިވާ ފަރާތްތައް އިތުރު ފޯމެއް ފުރުމެއް ނެތި ކުރިން ތިބި ޕާޓީއަށް ބަދަލުކޮށްދޭން އިލެކްޝަނުން ޖެހޭނެ.

– މުޙައްމަދު ޠަލާލް ވިދާޅުވިއެވެ.

ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ބޮޑުވެފައިވާ މިދަނޑިވަޅުގައި އިލެކްޝަންސް ކޮމިޝަނުން ނިންމި މި ނިންމުމާއި ގުޅޭގޮތުން އެ ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ ފާއިތުވި އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސިޔާސީ  ޕާޓީ އަކުން ހުށަހަޅާފައިވާ، ސައްޙަނޫން ކޮންމެ ފޯމަކަށް، އެޕާޓީއެއް 10 ހާސް ރުފިޔާއިން ޖޫރިމަނާކުރުމަށް ކޮމިޝަންގެ ބައްދަލުވުމުގައި ފާސްކޮށްފައިވާކަމަށެވެ. އަދި އެ ފަދަ ފޯމް ހުށައަޅައިފިނަމަ އެ ސިޔާސީ ޕާޓިއެއްގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު 5 ހާސް ރުފިޔާ، ދެވަނަ ފަހަރުން ފެށިގެން 10 ހާސް ރުފިޔާއިން ޖުރުމާނާ ކުރަން ފަށާގޮތަށްވެސް ފާސްކޮށްފައިވާކަމަށް ހަބީބު ވިދާޅުވިއެވެ. މިއީ ވަގަށް ނުވަތަ އެމީހަކށް ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ހައްލުކުރުމުގެ ބޭނުމުގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރައްވާ އަދި އެޕާޓީގައި ހަރަކާތްތެރި މެންބަރެއްކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓެ) ދާދިފަހުން އުފެދުނު ކާނަލް ނާޒިމްގެ އެމްއެންޕީއަށް ވައްދާފައިވާ މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ.

އީސީން ބުނެފައިވަނީ ޒިޔާދުގެ ފޯމުގައި ސޮއިކޮށްފައިވަނީވެސް އެ މެންބަރުގެ ސޮޔާއި ވަރަށް އެއްގޮތް ގޮތަކަށްކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފވައްމުލަކުމީހާ
މިޕީޕީއެމްމީ ގައުމައް ދިމާވެފައޮއް ބޮޑު މުސީބާތަކަވެއްޖެ ކަމުދާ އެއްވެސްކަމެއްް ނެއް
v vegA
Thi komme kameh ves mihaaru kuranee Gai machchah, thikan thi varah ves balan e nimmee MDP majulis membareh vagah negumun MDP kanboduvun faalhu kurumun,